ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 23:15
ރާއްޖޭ ގައުމީ ޓީމުތައް
ރާއްޖޭ ގައުމީ ޓީމުތައް
ޓްވިޓަރ
ގައުމީ ޓީމްތައް
ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ތަފާތު ކުރުމެއް ނެތި 5،000 ރުފިޔާ ދިނުމަށް ނިންމައިފި
އެލަވަންސްގެ ފަރަގު ނައްތާލުމަކީ ވައުދެއް

ރާއްޖޭގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ތަފާތު ކުރުމެއް ނެތި 5،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ނިންމަވައިފިއެވެ.

އަންގާރަ ދުވަހު ޔޫތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ، ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދެމުން އަންނަ އެލަވަންސްގެ ތަފާތުކުރުން ނައްތާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަނޑައަޅާފައި އޮތް ކަމެއް ކަމަށެވެ.

އެގޮތުން އަންނަ އަހަރުން ފެށިގެން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ތަފާތު ކުރުމެއް ނެތި 5،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދެމުން އަންނަ މުސާރައިގެ ފަރަގު ބޮޑުވެގެން ގިނަ ކުޅުންތެރިން އެ މައްސަލަ ޖައްސަމުން އަންނަތާ ދުވަސްތަކެއް ފަހުން ނިންމި މި ނިންމުމާއެކު، ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރެއްވެސް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

އެގޮތުން މަހުލޫފް ވިދާޅުވީ، ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރެއް ބެހެއްޓުމުގެ ކަންތައްވެސް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށާއި، އެކަން ކުރުމަށް ފިނޭންސް މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައްވެސް މިހާރު ނަގާފައިވާ ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ކުޅިވަރަށް ގިނަ ކަންތައްތަކެއް ކޮށްދޭން ވަނީ ވައުދުވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ހިމެނޭ ގިނަ ވައުދުތައް މިހާރު ވަނީ ފުއްދަވާފައެވެ.

އެގޮތުން ހުރިހާ ކުޅިވަރު އެސޯސިއޭޝަނަކަށް މަދުވެގެން ފަސް ލައްކަ ރުފިޔާގެ ބަޖެޓެއް އަންނަ އަހަރުން ފެށިގެން ދިނުމަށްވެސް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް