ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 23:45
ޕީއެސްޖީ އަށް ކުޅެމުން އަންނަ ނޭމާ
ޕީއެސްޖީ އަށް ކުޅެމުން އަންނަ ނޭމާ
ރޮއިޓަރސް
ނޭމާ ޕީއެސްޖީގައި މަޑުކުރުން
ޕީއެސްޖީގައި ނޭމާ ހުރީ ހިތްހަމަޖެހިގެން
ނޭމާ ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރޭ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގައި ނޭމާ ހުރީ ހިތްހަމަޖެހިގެން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފްރާންސްގެ ނޫސްތަކުން ބުނީ ޕީއެސްޖީ އާއި ނޭމާއާ މެދު އެއްވެސް މައްސަލައެއް ޖެހިފައިނުވާ ކަމަށާއި، އޭނާ އެ ކްލަބުގައި ހުރީ ހިތްހަމަޖެހިގެން ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ނޭމާ އާއި ޕީއެސްޖީއާ ދެމެދު ވަނީ ހިތްހަމަ ނުޖެހުންތައް އުފެދިފައެވެ. އެގޮތުން ނޭމާ ބޭނުންވަނީ ޕީއެސްޖީ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާށެވެ.

އެހެންނަމަވެސް ރިޕޯޓްތައް ބުނާގޮތުން ނޭމާއަށް ރިލީޒް ދިނުމާމެދު ޕީއެސްޖީން އަދި ގޮތެއް ނުނިންމައެވެ. އޭނާ ހޯދުމަށް ކުރީގެ ކްލަބް ބާސާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނޭމާ ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރަނިކޮށް ބާސާއިން އޭނާ ޕީއެސްޖީއަށް ވިއްކާލާފައި ވަނީ 222 މިލިއަން ޔޫރޯއަށެވެ. އޭނާ ހޯދުމަށް ޗައިނާ އަދި ޕްރިމިއާ ލީގުގެ ކްލަބްތަކުންވެސް މަސައްކަތްކުރިއެވެ.

ބްރެޒިލްގެ ސަންޓޯސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ނޭމާ ބާސާއަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 186 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް އެޓީމާއެކު ސްޕެނިޝް ލީގު ދެފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

ނޭމާ އަންނަނީ ޕީއެސްޖީއަށް ބަދަލުވެ، އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 46 މެޗުގައި 41 ލަނޑު ޖަހާފައެވެ.ބްރެޒިލް ގައުމީ ޓީމާއެކު އޮލިމްޕިކްސް ރަން މެޑަލް މިދިޔަ އަހަރު ކާމިޔާބު ކުރި ނޭމާ ވަނީ ގައުމީ ޓީމަށް ކުޅުނު 96 މެޗުގައި 60 ލަނޑު ކާމިޔާބު ކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ ފީފާ ކޮންފެޑެރޭޝަންސް ކަޕް 2013 ވަނަ އަހަރު އަދި ސައުތް އެމެރިކަން ޔޫތް ޗެމްޕިއަންޝިޕް 2011 ވަނަ އަހަރު ބްރެޒިލްއާއެކު ކާމިޔާބު ކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް