ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 23:44
ޗެލްސީ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޗެލްސީ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ފުލަމް ބަލިކޮށް ޗެލްސީ ތިންވަނަ އަށް
ފުލަމްގެ މައްޗަށް ޗެލްސީ ކުރިހޯދީ 0-2 ގެ ނަތީޖާއިން

ޕްރިމިއާ ލީގުގައި ފުލަމް ބަލިކޮށް ޗެލްސީ ތިންވަނަ އަށް ޖެހިލައިފިއެވެ.

އާދީއްތަ ދުވަހު ކުޅުނު މެޗު ފުލަމްއާ ވާދަކޮށް ޗެލްސީން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެންގޯލޯ ކަންޓޭގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ޕެޑްރޯ ރޮޑްރިގޭޒްއެވެ.

މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ ޗެލްސީންނެވެ. އެގޮތުން ބޯޅަ ކޮންޓްރޯލްކޮށް އެޓީމުން ވަނީ ފުލަމްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތައް އުފައްދާފައެވެ.

މި ހާފްގައި ފުލަމް އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް މާ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ފުލަމްގެ މައްޗަށް ޗެލްސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޗެލްސީން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް އެޓީމުން ތަނަވަސްކުރިއެވެ.

ޗެލްސީން މެޗުގެ ލީޑު ފުޅާކުރީ 82 ވަނަ މިނެޓުގައެވެ. މި ލަނޑު އެޑެން ހަޒާޑްގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ލޮފްޓަސް ޗީކްއެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 14 މެޗުން ލިބުނު 31 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި ފުލަމް އޮތީ ކުޅުނު 14 މެޗުން ލިބުނު 8 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފުލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް