ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 19:33
ސިޓީ އަށް ކުޅެމުން އަންނަ ކޮމްޕެނީ
ސިޓީ އަށް ކުޅެމުން އަންނަ ކޮމްޕެނީ
ގެޓީ އިމޭޖަސް
ވިންސެންޓް ކޮމްޕެނީ
ބާސާ އިން ކޮމްޕެނީ އަށް ފާރަލަނީ!
ކޮމްޕެނީގެ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެ

މެޗެސްޓާ ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އަށް ބާސެލޯނާ އިން ފާރަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީ މިރާ އިން ބުނީ ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާ އަށް އަމާޒުކޮށް ބާސާ އިން ކޮމްޕެނީ އަށް ފާރަލަމުން އަންނަ ކަމަށާއި، އެއްބަސްވުމަކާ ހިސާބަށް އައުމުގެ އުންމީދު އެބައޮތް ކަމަށެވެ.

މި އަހަރަށް ފަހު ސިޓީއާ އެކު ކޮމްޕެނީ ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، އޭނާ ހޯދުމަށް ބާސާގެ އިތުރުން ޕްރިމިއާ ލީގުގެ ބައެއް ކްލަބްތަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ސިޓީ ދޫކޮށް ކޮމްޕެނީ ބާސާ އަށް ބަދަލުވާނެއެވެ. އެހެން ނަމަވެސް މިކަމާ ގުޅިގެން ބާސާ އިން ވެސް އަދި ކޮމްޕެނީ ވެސް އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެއެވެ.

ސިޓީއާ 2008 ވަނަ އަހަރުގެ ސީޒަނުގައި ގުޅުނު ކޮމްޕެނީ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 339 މެޗުގައި 19 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ތިން ޕްރިމިއާ ލީގު، ތިން ލީގް ކަޕް، ދެ ކޮމިއުނިޓީ ޝިލްޑް އަދި އެއް އެފްއޭ ކަޕް ސިޓީއާ އެކު ހޯދާފައެވެ.

ބެލްޖިއަމްގެ ގައުމީ ޓީމުގެ ކެޕްޓަން ވެސް ކޮށްފައިވާ ކޮމްޕެނީ ވަނީ އެޓީމަށް ކުޅުނު 84 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

ކޮމްޕެނީ ވަނީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2011 ވަނަ އަހަރުގެ ސީޒަނުގައި ހޯދުމުގެ އިތުރުން ތިން ސީޒަނެއްގައި ޕްރިމިއާ ލީގް ޓީމް އޮފް ދަ އިޔާގައި ހިމެނިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް