ކ. މާލެ
|
29 ނޮވެންބަރ 2018 | ބުރާސްފަތި 18:49
ރެއާލް އަށް ކުޅެމުން އަންނަ އިސްކޯ
ރެއާލް އަށް ކުޅެމުން އަންނަ އިސްކޯ
ގޫގުލް
އިސްކޯ
ރެއާލް ދޫކޮށްލަން އިސްކޯ ވިސްނަނީ!
ފުރަތަމަ 11 އިން ފުރުސަތު ނުދޭތީ އިސްކޯ ހިތްހަމަނުޖެހޭ

ރެއާލް މެޑްރިޑް ދޫކޮށްލަން އެ ކްލަބަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފިލްޑަރު އިސްކޯ ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލްގެ ފުރަތަމަ 11 އިން ފުރުސަތު ނުލިބޭތީ އެކަމާ ހިތްހަމަ ނުޖެހިފައި ހުރި އިސްކޯ އަންނަނީ ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށް، އެހެން ކްލަބަކަށް ބަދަލުވުމަށް ވިސްނަމުންނެވެ.

އެގޮތުން އޭނާ ހޯދުމަށް މިހާރުވެސް ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި އިޓަލީ އަދި އިނގިރޭސި ގިނަ ކްލަބްތައް ހިމެނޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ވެލެންސިއާ އިން ކެރިއަރު ފެށި އިސްކޯ ވަނީ މަލާގާ އަށް ވެސް ކުޅެފަ އެވެ. އެގޮތުން އޭނާ ވަނީ މަލާގާއާ އެކު ހޭދަކުރި ދެ ސީޒަނުގައި އެޓީމަށް ކުޅުނު 82 މެޗުގައި 17 ލަނޑު ކާމިޔާބުކޮށްފައެވެ. މަލާގާ ދޫކޮށްލުމަށް ފަހު އިސްކޯ ރެއާލްއާ ގުޅުނީ 2013 ވަނަ އަހަރެވެ.

އޭނާ ވަނީ އެ ކްލަބުގައި މިހާތަނަށް ހޭދަކުރި ހަތަރު ސީޒަނުގައި ކުޅުނު 253 މެޗުގައި 43 ލަނޑު ކާމިޔާބުކޮށް، ލަލީގާ، ސްޕެނިޝް ސުޕަރ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ފީފާ ކްލަބް ވާރލްޑްކަޕް ތިންފަހަރު، ޔުއެފާ ސުޕާ ލީގު ތިން ފަހަރު އަދި ކޮޕާޑެލްރޭ ކާމިޔާބުކޮށްފައެވެ.

ކްލަބް ލެވެލްގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ އިސްކޯ ވަނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ 17 އަހަރުން ދަށުގެ ފީފާ ވާރލްޑްކަޕްގެ ތިންވަނަ ސްޕެއިންއާ އެކު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް