ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 23:13
މިނިސްޓަރު މަހްލޫފް ޓީމަށް މަރުހަބާ ދެންނެވުމަަށް ފަހު ކުޅުންތެރިންނާއެކު
މިނިސްޓަރު މަހްލޫފް ޓީމަށް މަރުހަބާ ދެންނެވުމަަށް ފަހު ކުޅުންތެރިންނާއެކު
ސަމާހު
މިނިސްޓަރު މަހްލޫފު
އަންހެނުންގެ ފުޓްބޯޅަ ލީގެއް އުފެއްދުމަށް މަސައްކަތް ކުރާނަން: މިނިސްޓަރު މަހްލޫފު
ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިވާ އަންހެނުން އަންނަނީ އިތުރުވަމުން

ރާއްޖޭގައި އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ފުޓްބޯޅަ ލީގެއް އުފެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

އިންޓަރނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުގެ ތިންވަނަ ރާއްޖޭގެ ގައުމީ އަންހެން ޓީމު ހޯދުމަށް ފަހު އެނބުރި ރާއްޖެ އައުމުން މަރުހަބާ ދެންނެވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ އަންހެން ކުޅުންތެރިންނަށް ފުޓްބޯޅަ ލީގެއް ރާއްޖޭގައި އޮތުމަކީ މުހިއްމު ކަމެއް ކަމަށާއި އެކަމަށް ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އެފްއޭއެމްއާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"ރާއްޖޭގައި އަންހެން ކުދިންގެ ލީގެއް ނޫންނަމަ މުބާރާތެއް ނުއެއް ބޭއްވޭ. އެފްއޭއެމް އާއި ވާހަކަ ދައްކައިގެން އެކަމުގައި ހޯދޭނީ ކޮންގޮތެއްތޯ ބަލާނަން،" މަހްލޫފު ވިދާޅުވިއެވެ.

ގައުމީ އަންހެން ޓީމުން ހޯދި ކާމިޔާބީ އަކީ ތާރީހީ ކާމިޔާބެއް ކަމަށް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އަންހެން ޓީމުގެ ކުޅުންތެރިންނަށް އިތުރަށް ކުރިއެރުންތައް ހޯދައި ދެވެން ހުރި ކަންތައްތަކުގައި ޓީމަށް އެހީތެރި ވެދެއްވާނެ ކަމަށެވެ.

މަހްލޫފު ވިދާޅުވީ ރަށްރަށުގައި ވެސް އަންހެނުންގެ ފުޓްބޯޅަ މުބާރާތަށް ބާއްވަން ޝައުގުވެރިވާ ކުދިން އެބަތިބިކަމަށާއި މިކަމުން އެނގެނީ އަންހެނުން ވެސް ފުޓްބޯޅަ ކުޅުމުގެ ރޫހު ރާއްޖޭގައި އުފެދެމުންދާ ކަމަށެވެ. ހުރިހާ ކުޅިވަރެއްގައި ވެސް އެއްބާރުލުން ދޭން ތައްޔާރަށް ހުރިކަމުގެ ޔަގީން ކަން މިނިސްޓަރު މަހްލޫފް ވަނީ ދެއްވައިފަ އެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް