ކ. މާލެ
|
25 ނޮވެންބަރ 2018 | އާދީއްތަ 18:08
މިނިސްޓަރު އަޙްމަދު މަޚްލޫފް
މިނިސްޓަރު އަޙްމަދު މަޚްލޫފް
ރައީސް އޮފީސް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕްގެ ޖާގަ ގެއްލުނު ސަބަބު ބެލުމަށް ކޮމީޓީއެއް އެކުލަވާލަނީ
ފުޓްބޯޅަ އެސޯސިއޭޝަންގެ އިތުރުން ކްލަބްތައް ވެސް ކޮމިޓީގައި ހިމެނޭނޭ
ކްލަބް ލައިސަންސިން ކަންތައް ރަނގަޅަށް ފުރިހަމަކުރީ މާޒިޔާ

އޭއެފްސީ ކަޕްގައި ކުޅުމުގެ ފުރުސަތު ގެއްލިގެން ދިޔަ ސަބަބު ބެލުމަށް ކޮމިޓީއެއް އެކުލަވައިލަން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެ.

މަހްލޫފު އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭއެފްސީ ކަޕްގެ ޖާގަ ގެއްލުނު ސަބަބު ހޯދުމަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ފުޓްބޯޅަ އެސޯސިއޭޝަންގެ އިތުރުން ކްލަބް ތަކުގެ ބައިވެރިވުމާއި އެކުގައި ކަމަށެވެ.

މީގެ އިތުރުން ފުޓްބޯޅައަކީ ދައުލަތުން ބޮޑު ހޭދައެއް ކުރައްވާ ކުޅިވަރަކަށް ވެފައި ރާއްޖޭގެ ކްލަބްތަކަށް އޭއެފްސީ އިން ޖާގާ ގެއްލިފައިވާ ސަބަބު ހޯދަން މުހިއްމު ކަމަށް މިނިސްޓަރުގެ ޓްވީޓްގައި ވަނީ ފާހަގަކޮށްފައި އެވެ. އޭއެފްސީ މުބާރާތުން ރާއްޖެއަށް ޖާގަ ގެއްލުނީ އޭއެފްސީން ދިން މުއްދަތުގައި، އޭއެފްސީގެ ކްލަބް ލައިސަންސިންގ އެޑްމިނިސްޓްރޭޝަން ސިސްޓަމުގައި ރާއްޖޭގެ ކްލަބްތަކަށް ލައިސަންސް ލިބޭ ވަރަށް ލިޔެކިޔުން ހަމަނުކުރެވުމުންނެވެ. ލިޔެކިޔުންތައް ފުރިހަމަނުކުރެވުމުގައި ބައެއް ކްލަބްތަކުގެ އިހުމާލުވެސް އެބަ އޮތެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
25 ނޮވެންބަރ 2018 | އާދީއްތަ 16:27
nelibu
Kometee sharukaaru