ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 21:46
ޔުނައިޓެޑަށް ކުޅެމުން އަންނަ ކްރިސް ސްމޯލިން
ޔުނައިޓެޑަށް ކުޅެމުން އަންނަ ކްރިސް ސްމޯލިން
ގެޓީ އިމޭޖަސް
ކްރިސް ސްމޯލިން
ޔުނައިޓެޑުން ސްމޯލިންގެ މުސާރަ ބޮޑުކޮށް އެއްބަސްވުން އާކުރަނީ!
ސްމޯލިންގެ އެއްބަސްވުން އަންނަ އަހަރު ހަމަވާނެ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ޑިފެންޑަރު ކްރިސް ސްމޯލިންގެ މުސާރަ ބޮޑުކޮށް އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީ މެއިލް އިން ބުނީ ސްމޯލިންގެ މުސާރަ ހަފްތާއަކު 120،000 ޕައުންޑު ލިބޭ ގޮތަށް ނިންމައި، އޭނާގެ އެއްބަސްވުން އާކުރަން ޔުނައިޓެޑުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އެއްބަސްވުން އާކޮށް، ޔުނައިޓެޑުގައި މަޑުކުރަން ސްމޯލިން ވެސް ބޭނުންވެއެވެ. އެގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި އެކަން ނިމިގެންދާނެ ކަމަށް ބެލެވެއެވެ.

ޔުނައިޓެޑާ އެކު ސްމޯލިން ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ހަމަވާއިރު، އޭނާ އަށް މިހާރު އެ ކްލަބުން ލިބެނީ ހަފްތާއަކު 80،000 ޕައުންޑުގެ މުސާރައެކެވެ.

ފުލަމް އިން 2008 ވަނަ އަހަރު ކެރިޔަރު ފެށި ސްމޯލިން ޔުނައިޓެޑަށް ބަދަލުވީ 2010 ގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 303 މެޗުގައި 18 ލަނޑު ކާމިޔާބުކޮށްފައެވެ.

ސްމޯލިން ވަނީ ޔުނައިޓެޑާ އެކު ދެ ޕްރިމިއާ ލީގު، ތިން ޔުއެފާ ކޮމިއުނިޓީ ޝިލްޑް، އެފްއޭ ކަޕް، ލީގު ކަޕް އަދި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

އިންގްލޭންޑްގެ ޒުވާން ޓީމުތަކަށް ކުޅެފައިވާ ސްމޯލިން ވަނީ އިންގްލޭންޑްގެ ސީނިއާ ޓީމަށް 31 މެޗު ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް