ކ. މާލެ
|
21 ނޮވެންބަރ 2018 | ބުދަ 21:52
އެލްއޭ ގެލެކްސީ އަށް ކުލެމުން އަންނަ ޒްލަޓަން އިބްރަހަމޮވިޗް
އެލްއޭ ގެލެކްސީ އަށް ކުލެމުން އަންނަ ޒްލަޓަން އިބްރަހަމޮވިޗް
ގެޓީ އިމޭޖަސް
ޒްލަޓަން އިބްރަހަމޮވިޗް
އިބްރަހަމޮވިޗް އޭސީ މިލާނަށް ބަދަލުވުމާ ގާތަށް!
އިބްރަހަމޮވިޗް ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތްކުރޭ

އެލްއޭ ގެލެކްސީ އަށް ކުލެމުން އަންނަ ޒްލަޓަން އިބްރަހަމޮވިޗް އޭސީ މިލާނަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އިބްރަހަމޮވިޗް އޭސީ މިލާނަށް ގެނައުމަށް އެ ކްލަބުން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.

ދާދި ފަހުން ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އޭސީ މިލާންގެ ސްޕޯޓިން ޑައިރެކްޓާ ލިއޮނާޑޯ ވިދާޅުވީ، އިބްރަހަމޮވިޗް މިލާނަށް ބަދަލުވުމަކީ ކައިރި ކަމެއް ކަމަށާއި، އެހެންނަމަވެސް އެކަމާ މެދު ޔަގީން ކަމެއް ނެތް ކަމަށެވެ.

ދާދި ފަހުން ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އިބްރަހަމޮވިޗް ބުނީ މިވަގުތު އޭނާ އަކީ ފުޓުބޯޅަ ކުޅުންތެރިޔެއް ކަމަށާއި، ކުރިޔަށް އޮތް ތަނުގައިވެސް ކުޅެން ބޭނުންވާ ކަމަށެވެ. އެގޮތުން ކުރަން ބޭނުންވާ ކަމެއް ކުރުމުގެ ކުރިން މުޅި ދުނިޔެއަށް އަންގާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ސްވިޑެންގެ މަލްމޯ އިން 1999 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 37 އަހަރު އިބްރަހަމޮވިޗް ކުޅުން ހުއްޓާލާނެ ދުވަހެއް ނޭގޭ އިރު، އޭނާ ހޯދުމަށް ބައެއް ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި އޭސީ މިލާންވެސް ހިމެނެއެވެ.

ޔުވަންޓަސް، އިންޓަ މިލާން، ބާސެލޯނާ، އޭސީ މިލާން، ޕީއެސްޖީ އަދި ޔުނައިޓެޑަށް ވެސް ކުޅެފައިވާ އިބްރަހަމޮވިޗް ވަނީ މިހާރު ކުޅެމުން އަންނަ އެލްއޭ ގެލެކްސީ އަށް މިހާތަނަށް ކުޅުނު 27 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ.

ސްވިޑެންގެ މޮޅު އެތުލީޓުގެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ އިބްރަހަމޮވިޗް ވަނީ އޭނާ ކުޅުނު ކްލަބްތަކަށް ގިނަ ކާމިޔާބީތައް ހޯދައިދިނުމުގެ އިތުރުން އަމިއްލަ ގިނަ އެވޯޑުތައްވެސް ހާސިލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް