ހޯމް މިނިސްޓަރުގެ މަޤާމާއި ހަވާލުވުމުން ދައުލަތުގެ ކަންކަން ބޮއްސުންލާފައި އޮތް މިންވަރު އިތުރަށް ސާފުވެއްޖެ ކަމަށް އެމަޤާމާއި އަލަށް ހަވާލުވެވަޑައިގެންނެވި ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އަންގާރަ ދުވަހު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ދައުލަތުގެ ނަޒާހަތްތެރިކަން ނެގެހެއްޓުމަށާއި ދެފުއް ފެންނަ ތަހްޒީބް އުސޫލަކުން ކަންކަން ހިންގުމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިޙުގެ އެޖެންޑާ ކާމިޔާބު ކުރުމަށް ކޮންމެ ގޮންޖެހުމަކާއި ކުރިމަތިލައްވާކަމަށެވެ.
HM ge Maqaamaa havaaluvumun dhaulathuge kankan bossunlaafa oyiminvaru ithurah saafuvejje. Dhaulathuge nazaahaayitherikan negehettumashaai dhefuhfenna thahuzeebu usoolakun kankan hingumashaai HEP @ibusolih ge agenda kaamiyaabu kurumah komme gonjehumakaaves Kurimathilaanan iA.
— Imran Abdulla (@ShimranAb) November 20, 2018
އަދި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާ ވަގުތު އެންމެ ބޮޑަށް މިސްވާނީ އެމަނިކުފާނުގެ އަޚް އަލްމަރުހޫމް ޑރ.އަބްދުލްމަޖީދު އަބްދުލް ބާރީގެ ހެޔޮ ލަފާފުޅާއި ނަސޭޙަތްޕުޅާއި، އިރުޝާދު ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ނެތުމުގެ ގެއްލުން ދުވަހަކުވެސް ފޫނުބެއްދޭނެ ކަމަށްވެސް އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވާ އިމްރާން ވިދާޅުވިއެވެ.
Bodethi gonjehunthakaa kurimathivaa vaguthu emme bodah "missvanee" alhugandu ge akh adhi mentor Al Marhoom Dr. Abdul Majeed Abdul Bari ge heyo lafaafulhaai, naseyhayipulhaai, irushaadhu. Emanikufaanu nethumuge gellun alhugandah dhuvahakuves foonubedheyne.
— Imran Abdulla (@ShimranAb) November 20, 2018
މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ފުލުހުންގެ އެގްޒެކެޓިވް ބޯޑު މެމްބަރުންނާއި ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރ މީޑިއާ ކައުންސިލްގެ މެންބަރުންނާއި ބައްދަލު ކުރައްވާފައިވާއިރު މީޑިއާ ކައުންސިލްގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.
ޝައިޚް އިމްރާން މަޤާމާއި ހަވާލުވެވަޑައިގެން މީޑިއާ ކައުންސިލާއި ބައްދަލުކުރެއްވުމަށް އިސްކަން ދެއްވިއިރު، މި މީޑީއާއަށް ފަހި މާހައުލެއްގައި މަސައްކަތްކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ސޯލިހު ވަނީ މީޑިއާތަކަށް ދެއްވާފައެވެ.