ކ. މާލެ
|
20 ނޮވެންބަރ 2018 | އަންގާރަ 23:30
ރައީސް ސޯލިހު އާ އެކު ރައީސް ނަޝީދު ހެންވޭރު ދަނޑުގައި
ރައީސް ސޯލިހު އާ އެކު ރައީސް ނަޝީދު ހެންވޭރު ދަނޑުގައި
ޓްވިޓަރ
ރައީސް ސޯލިހާއި ގާސިމް
ރައީސް ސޯލިހާއި ގާސިމްގެ ކުރިމަތިލުން މިރޭ!
މެޗުގައި ރައީސް އިބޫ އަދި ނާއިބު ރައީސް ފައިސަލް ކުޅުއްވާނެ
މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 22:55 ގައި

އާއްމުންނަށް ހުޅުވާލައިގެން "ދުޅަހެޔޮ ހަށިހެޔޮ އީދު" ގެ ނަމުގައި ކުރިޔަށް ގެންދާ ކުޅިވަރުގެ ބޮޑު ހަރަކާތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމަކާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޓީމް ބައްދަލުކުރާ މެޗު މިރޭ ގަލޮޅު ދަނޑުގައި ކުޅޭނެއެވެ.

މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 22:55 އިން 23:15 އަށެވެ. ޖުމްލަ 20 މިނިޓަށް ކުޅޭ މި މެޗްގައި ގުޅިފައިވާ އިއްތިހާދުގެ ގިނަ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ސޯލިހު އަދި ގާސިމްގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ކަނޑަ އެޅީ ބުދަ ދުވަހު ކުރިޔަށް ދިޔަ ގުރު ލުމެއްގައެވެ. އެގޮތުން ރައީސް ސޯލިހުގެ ޓީމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކެބިނެޓުގެ ބައެއް މިނިސްޓަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ހިމެނިވަޑައި ގަންނަވައެވެ.

ގާސިމްގެ ޓީމުގައި ނާއިބު ރައީސް ފައިސަލް ނަސީމް އާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކެބިނެޓުގެ ބައެއް މިނިސްޓަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ހިމެނި ވަޑައިގަންނަވައެވެ.

މިރޭ ގަލޮޅު ދަނޑުގައި ހާއްސަ ހަފްލާޔަކުން ކުޅިވަރުތައް ފެށިގެން ދާއިރު، 19 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ގައުމީ ޓީމުގެ މެޗްތަކެއް ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވެޓެރެންސް ޓީމުގެ މެޗެއް އަދި ލެޖެންޑްސް ޓީމުގެ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވާ އިރު، މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކެއް ވެސް ފެނިގެންދާނެ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން މައުލޫމާތު ދެއެވެ.

- ކޮމެންޓް