މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ އެމްއެންޑީއެފްގެ އިސް ވެރިންނާއި ބައްދަލު ކުރައްވައިފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ އިބްރާހިމް އާއޒިމް ވިދާޅުވީ މި ބައްދަލުވުން ކުރިއަށް ގެންފައި ވަނީ އާދިއްތަ ދުވަހު ހެނދުނު ބަންޑާރަ ކޮށީގައި ކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި ޗީފް އިފް ޑިފެންސް ފޯސްއައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މީގެ އިތުރުންވެސް ސެކްޝަން ތަކުގެ ކޮމާންޑަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި ބައްދަލު ކުރެއްވުމުގައި އައު ސަރުކާރުގެ ވިޝަން އާއި ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައި ކަމަށް އެމްއެންޑީއެފުން އޮފިސަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހްގެ އައު ސަރުކަރުގެ ޑިފެންސް މިނިސްޓަރަކަށް މާރިޔާ އައްޔަން ކުރައްވަފއިވަނީ ހޮނިހިރު ދުވަހުގެ ރެއެވެ.