ޒިމްބާބްވޭއަށް ނިސްބަތްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް އިބްނު މޫސާ މެންކް ދިވެހިރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވައިފިއެވެ.
މުފްތީ މެންކް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖެއަށް އަމާން ފާގަތި ދުވަސްތަކަކަށް އެދިލައްވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހިތުގެ ފުންމިނުން މަރުހަބާ ދަންނަވާ ކަމުގައެވެ.
Heartfelt congratulations to @ibusolih on his inauguration as the new President of the #Maldives. I pray that the country will see a new era of growth, goodness, peace and prosperity. May the Almighty bless you all. Aameen
— Mufti Ismail Menk (@muftimenk) November 18, 2018
މުފްތީ މެންކްގެ އިތުރުން އެކި ޤައުމުތަކުގެ އިސްވެރިންނާއި ބައިނަލްއަޤުވާމީ ލީޑަރުންވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާ ކުރެއްވުމާއި ގުޅިގެން މަރުހަބާ ދަންނަވާފައިވެއެވެ.
ހޮނިހިރު ދުވަހު ރައީސް ސޯލިހު ރައީސްކަމުގެ ހުވާކުރައްވާފައިވާއިރު، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަކުގެ ތެރޭގައި ޢަރަބި އިސްލާމީ ދައުލަތްތަކާއި ގުޅުން ބަދަހިކުރުން ހިމެނޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.