ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހަތް މަޤާމަކަށް ބޭފުޅުން ޢައްޔަނު ކުރައްވައިފިއެވެ.
މަޤާމްތަކަށް ޢައްޔަން ކުރެއްވި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ މިކަމަށްޓަކައި ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.
އިބްރާހިމް މުހައްމަދު ސޯލިހް ރައީސް އޮފީހުގެ އިސް މަގާމުތަކަށް އައްޔަން ކުރެއްވީ އެ އޮފީހުގެ ސެކްރެޓަރީ، ކޯޕަރޭޓް ސަރވިސްގެ މަގާމަށް ޙުސައިން ޢާމިރު އާއި ސެކްރެޓަރީ، ކެބިނެޓް އެފެއާޒްގެ މަގާމަށް އަޙްމަދު ޙަސަންދީދީ އާއި ޑެޕިއުޓީ ޗީފް އޮފް ސްޓާފްގެ މަގާމަށް ޙުސައިން އާދަމް އާއި ސެކްރެޓަރީ، ޕޮލިސީގެ މަގާމަށް އާމިނަތު ޝައުނާ އާއި ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް އަޙްމަދު ޢަބްދުﷲ ޢަފީފް އާއި ސެކްރެޓަރީ، ކޮމިއުނިކޭޝަންސްގެ މަގާމަށް ޙަސަން އިސްމާޢީލް އާއި ސެކްރެޓަރީ، ފޮރިން ރިލޭޝަންސް ޞަބްރާ އިބްރާހީމް ނޫރައްދީން އެވެ.
މި ހުރިހާ ބޭފުޅުންވެސް މަޤާމުތަކަށް ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.