އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވައިފިއެވެ.
މޯދީ ރާއްޖެ ވަޑައިގަންނަވާފައި ވަނީ އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެވެ. މިއީ ރާއްޖެއަށް މޯދީ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ރައީސް އަބްދުﷲ ޔަމީން ސަރުކާރުގައި އެކި ފަހަރު މަތިން މޯދީ ވަޑައިގެންނެވުމަށް ދައުވަތު ދެވުނު ނަމަވެސް އެމަނިކުފާނު ރާއްޖެވަޑައިގަންނަވާފައެއް ނުވެއެވެ. 2015 ފަސް ވަނަ އަހަރު މޯދީ ސާކްގެ ހުރިހާ ގައުމަކަށް ދަތުރުފުޅުތައް ރޭވި އިރުގައި ރާއްޖެއަށް ވެސް ވަޑައިގަތުމަށް އެޖެންޑާ ކުރެވުނެވެ. އެގޮތުން އެއަހަރުގެ މަރޗު މަހުގައި ރާއްޖެވަޑައިގަންނަވާނެ ކަން އިއުލާނު ކުރެއްވުނު ނަމަވެސް އެމަނިކުފާނުވަނީ ދަތުރުފުޅު ވަނީ ފަސް ކުރައްވާފައެވެ. އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް އިން އޭރު ހާމަކުރައްވާފައި ވަނީ މޯދީ ދަތުރުފުޅު އެ އަހަރުގައި ކެންސަލް ކުރައްވަންޖެހި ވަޑައިގަތީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާތީއެވެ.
ބޮޑުވަޒީރު ވަޑައިނުގަތް ނަމަވެސް 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް ރާއްޖެއަށް ވަޑައިގަންނަވާފައެވެ.
މި ފާއިތުވެދިޔަ ފަސް އަހަރުގައި ރާއްޖޭގެ ސިޔާސީ މަސްހަރަހު ހަލަބޮލިވާ ކޮންމެ ދަނޑިވަޅެއްގައި ކަންކަން އިސްލާހު ކުރުމަށް އިންޑިއާ އިން ގޮވާލައްވަމުންދިޔައެވެ. އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވެފައިވާ އިރު ސަރުކާރުގެ ނިންމުންތަކަށް ފާޅުގައި އިންޑިއާ އިން ފާޑުކިޔަމުން ގެންދެވިއެވެ. މިކަމާ ގުޅިގެން ސަރުކާރުން ހާއްސަކޮށް ސަރުކާރަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކުން ގެންދެވީ އިންޑިއާއަށް ފާޑުކިޔަމުންނެވެ.
މިފާތިވެދިޔަ ފަސް އަހަރުގައި އިންޑިޔާގެ ބޮޑުވަޒީރަކު ރާއްޖެއަށް ވަޑައިގަންނަވާފައިވާ އިރު އިންޑިއާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގަ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް ހާއްސަ ގުޅުންތަކެއް ބާއްވާފައެވެ. އެގޮތުން އިންޑިއާ ފަސްޓް ޕޮލިސީގެ ތެރެއިން ގިނަ ދެގައުމުގެ މެދުގައި އިގްތިސާދީ އަދި އިޖްތިމާއީ ގުޅުންދަށް ގެންދެވީ ބަދަހި ކުރައްވަމުންނެވެ.
އިންޑިޔާގެ ބޮޑުވަޒީރަކު އެންމެ ފަހުން ރާއްޖެއަށް ވަޑައިގެންނެވީ 2011 ވަނަ އަހަރުއެވެ. އެގޮތުން އޭރުގެ އިންޑިއާގެ ބޮޑުވަޒީރު އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގ ރާއްޖެއަށް ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރައްވާފައިވެއެވެ.