ކ. މާލެ
|
16 ނޮވެންބަރ 2018 | ހުކުރު 01:41
އުރީދޫ ކަލަރ ރަންއަށް ތަރުޙީބު ދަނީ ލިބެމުން
އުރީދޫ ކަލަރ ރަންއަށް ތަރުޙީބު ދަނީ ލިބެމުން
އުރީދޫ
އުރީދޫ ކަލަރ ރަން
އުރީދޫ ކަލަރ ރަންގެ އެކްސްޕޯ، ނޮވެމްބަރ 18 އަދި 19 ގައި!
އެކްސްޕޯ ކުރިއަށްދާނީ ހެނދުނު 10:00 އިން ހަވީރު 6:00އަށް
ރޭގަނޑު 8:00 އިން 10:00 އަށް

އުރީދޫ ކަލަރ ރަންގެ އެކްސްޕޯ، ނޮވެމްބަރ 18 އަދި 19 ވަނަ ދުވަހު، ނެޝަނަލް އާޓް ގެލަރީގައި  ބާއްވާނެ ކަމަށް އުރީދޫއިން ބުނެފިއެވެ.

މިއަހަރުގެ ކަލަރ ރަން އަށް ރެޖިސްޓަރ ވެފައިވާ ދުވުންތެރިންނަށް، އެކްސްޕޯ އިން، ކަލަރ ރަންގެ ކިޓުތައް ލިބެން ހުންނާނެ ކަމަށާއި އެގޮތުން އެކްސްޕޯ ކުރިއަށްދާނެ ގަޑިތަކަކީ ހެނދުނު 10:00 އިން ހަވީރު 6:00ގެ ނިޔަލަށް އަދި ރޭގަނޑު 8:00 ން 10:00 އަށެވެ.

ކަލަރ ރަންގެ ކިޓްތައް ބައްލަވައިގަތުމަށް، ރަޖިސްޓަރ ކުރި ފަރާތުގެ އައިޑީ ކާޑު، އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ރަސީދުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ކޮޕީ އެއް ގެންނަންޖެހޭނެއެވެ.

އެކްސްޕޯ ނިމުމަށްފަހު، ހަވާލުނުވާ އެއްވެސް ކިޓެއް ވާނަމަ، އަލުން ރެޖިސްޓްރޭޝަން ހުޅުވާލެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ. ކިޓުތައް ދޫކުރުމުގެ އިތުރުން، އުރީދޫ އާއި ކަލަރ ރަންގެ ޕާޓްނަރުން ކަމުގައިވާ ޔުނިކްސް ސްޕޯޓިންގ، ކޯޗް ޝުޖާއު، އައިރަނަރސް އަދި ބަރިސްޓަރ މޯލްޑިވްސްގެ ފަރާތުން އެކްސްޕޯގެ ބައިވެރިންނަށް ޚާއްސަ ހަރަކާތްތަކެއް ވަނީ ހަމަޖައްސާފައެވެ.

ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭ އިވެންޓެކެވެ.

ތަފާތު ކުލަތަކާއި އެކު، އުފާވެރި މާޙައުލެއްގައި ބާއްވާ އުރީދޫގެ މަޤްބޫލު ދުވުން މި އަހަރު އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ނޮވެމްބަރ 23 ވަނަ ދުވަހަށް ވަނީ ކައިޓް ފެސްޓިވަލް އަކާއި ފޯރިގަދަ މިއުޒިކް ޝޯ އެއްވެސް ބޭއްވުމަށް އިންތިޒާމް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް