ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ޗާންސެލަރު މަގާމުން ބުރާސްފަތި ދުވަހު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.
މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ހުންނެވި ޝަހީމް ބުރާސްފަތި ދުވަހު ޗާންސެލަރުކަމުން އިސްތިއުފާ ދެއްވާނެކަމަށް ބައެއް މީޑިއާތަކަށްވަނީ ކަށަވަރުކޮށްދީފައެވެ. ޑރ ޝަހީމް އިސްތިއުދެއްވާނެ ކަމަށް ވިދާޅުވެފައިމިވަނީ ރައީސް ޔާމީން އައްޔަންކުރެއްވި ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން، މަގާމުތަކުން އިސްތިއުފާދެއްވުމަށް ގުޅިފައިވާ ޕާޓީތަކުން ގޮވާލާފައިވަނިކޮށްށެވެ.
ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސެވުމުން ވެސް ޑރ ޝަހީމް އިސްތިއުފާ ދެއްވާނެ ކަމަށް އޭރު ވިދާޅުވިއެވެ. ނަމަވެސް ފަހުން އެނިންމުން ބަދަލުކުރައްވާ މަގާމުގައި ދެމިހުންނެވިއެވެ. ޔުނިވަރސިޓީގެ ޗާންސެލަރެއްގައި މަގާމުގައި ހުންނަވާ ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާތީ އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން ޑރ ޝަހީމަށް ކުރިމަތިވިއެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބޮޑުތަކުން ބަލިވުމާއި ގުޅިގެން ޑރ ޝަހީމް ސިޔާސީ އެއްވެސް ހަރަކާތަކުން ނުފެނެއެވެ. ނަމަވެސް ދާދި އަވަހަށް ސިޔާސީ މައިދާނަށް ނުކުންނަވާ މަސައްކަތްތައް ފައްޓަވާނެ ކަމަށް ޑރ ޝަހީމް ވަނީ ވިދާޅުވެފައެވެ.