މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ހަމަވާތީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އާދިލް މޫސާ އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއޭސީއެލްގެ އެމްޑީގެ މަގާމުން މިމަހުގެ 15 އިން ފެށިގެން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ އިސްތިއުފާ ޕްރައިވެޓައިޒޭޝަން ބޯޑުން ގަބޫލުކޮށްފައިވާ ކަމަށާއި އެތަން ދެން ހިންގާނީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހު ކަމަށް ނިޒާރު ވިދާޅުިވއެވެ. މޫސާ ސޯލިހަކީ އިންތިހާބީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ބޮޑުބޭބޭފުޅެވެ.
PCB has accepted the resignation of Maldives Airport Company Limited's Managing Director Adil Moosa. He will be resigning on 15 November 2018. In his absence the company will be managed by Moosa Solih.
— Mohamed Nizar (@nixaar) November 14, 2018
އާދިލް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރާ ހަވާލުވެވަޑައިގަތީ 2015 ވަނަ އަހަރުއެވެ.
އާދިލްގެ އިތުރުން އާ ސަރުކަރު އަންނަ އިރު މިހާރު ކުންފުނިތަކުގައި ތިއްބެވި ބައެއް އިސް ބޭފުޅުން އިސްތިއުފާ ދެއްވާނެ ކަން ގެންދަވަނީ ހާމަކުރައްވަމުންނެވެ. އާ ސަރުކާރާ އެކު އާ ބޯޑުތައް އެކުލަވާލެވިގެންދާނެއެވެ.