ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 02:14
ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ހިދުމަތްދޭ ކުންފުނި ދިރާގު
ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ހިދުމަތްދޭ ކުންފުނި ދިރާގު
މުހައްމަދު ޝަރުހާން
ދިރާގު
ތިން މަހުގެ ބޮޑު ޑިސްކައުންޓަކާއެކު ދިރާގުން ފައިބަރ ބްރޯޑްބޭންޑްގެ ހާއްސަ ޕްރޮމޯޝަނެއް
ޕްރޮމޯޝަން ކުރިއަށް ދާނީ 31 ނޮވެމްބަރގެ ނިޔަލަށް
މަހުފީން 25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ

ރާއްޖޭގައި ގެ ތަކަށް ދޫކުރާ ހޯމް އިންޓަނެޓްގެ އެންމެ ހަލުވި ސްޕީޑް ހިމެނޭ ފައިބަރ ބްރޯޑްބޭންޑްގެ ހާއްސަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

މި ޕްރޮމޯޝަނުގައި ގެ އަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން 3 މަސްދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހު ފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެއެވެ.

މިދިޔަ ބުދަ ދުވަހު ފެށި މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 ނޮވެމްބަރ 2018 ގެ ނިޔަލަށެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.  

ދިރާގުގެ ފައިބަރ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 40 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް