ބޭރުގެ ފަރާތްތަކަށް ރާއްްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރަން ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.
ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ. ރިފާއު ވެސް ވޯޓު ދެއްވި، އެ އިސްލާހު މަޖިލީހުން ފާސްވީ 70 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ސަރުކާރުން ހުށަހެޅި އެ އިސްލާހު ފާސް ކުރުމަށް އެމްޑީޕީ އާއި ޖޭޕީން ވެސް ވޯޓު ދީފައިވެއެވެ.
ހޯމަ ދުވަހު ރިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އިސްލާހަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުންފާޅުކޮށްފައިވާ އިސްލާހެއް ކަމަށާއި އިސްލާހު ބާތިލު ކުރަން މަޖިލީހަށް ހުށަހެޅުމުން ފާސްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
Dhivehi gina rayyithun kanboduvun faalhu kohfaivaa Beyruge faraaithakah bin milku kurevey gothah QA 251 maadhaa ah genevunu islaahu baathil kurumah Rayyithunge Majlis ah husha elhumah ninmaifin. Alhugaduge ummeedhakee mi islaahu faasvun @ibusolih @qasimibrahim @ahmed_nihan
— Abdulla Rifau Bochey (@RifauMP) November 12, 2018
ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭނީ އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓު ކުރުމުންނެވެ. އަދި މިލްކު ކުރާ ބިމުގެ 70 ޕަސެންޓަކީ ހިއްކާފައިވާ ސަރަހައްދަކަށް ވާންޖެހޭނެ ކަމަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގައިވެއެވެ.