އައްޑޫ ސިޓީ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ގާއިމްކުރާ ހޮސްޕިޓަލުގެ އިކުއިޕްމެންޓް ހަރުކުރުން ފިޔަވާ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އައްޑޫ ސިޓީގައި ބިނާކުރާ ހޮސްޕިޓަލްގެ މަސައްކަތް އިކުއިޕްމެންޓް ލިބުމުން ކުރަން ހުރި ކަންކަން ފިޔަވައި ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ.
Raees Yameen Addu city gai binaakohdhevvamun gendhavaa hospital ge masakkai: hospital equipments libumun nimmey kankan fiyavaa hurihaa kameh nimifa. pic.twitter.com/LsykjCfIhq
— Dr.Mohamed Muizzu (@MMuizzu) November 12, 2018
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ގާއިމް ކޮށްފައިވާ ކޮންވެންޝަން ސެންޓަރު ރޫޅާލައި އެތަނުގައި މިސަރުކާރުން ގާއިމްކުރަނީ ޓާޝަރީ ހޮސްޕިޓަލެކެވެ.
ހޮސްޕިޓަލް ބައްލަވާލެއްވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ ސެންޓަރު ރޫޅާލައި އެތަނުގައި ހޮސްޕިޓަލެއް އެޅުމަކީ މީހުން ކުރާ ޒާތުގެ ކަމެއް ނޫން ކަމަށެވެ. ނަޝީދު ވިދާޅުވީ ހޮސްޕިޓަލެއް ބިނާކުރުމުގެ ނަމުގައި ސަރުކާރުން ކޮންވެންޝަން ސެންޓަރު ހަލާކޮށްލާފައިވާ ކަމަށެވެ. ރައީސް ނަޝީދު ވަނީ ހޮސްޕިޓަލުގެ މަސައްކަތް ނުހުއްޓުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އާސަރުކާރުން އިތުރަށް ކުރާނެ ކަމަކީ އެތަން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.