ފޭސްބުކް ޕޭޖެއްގައި އިސްލާމްދީނަށް ފުރައްސާރަ ކުރަމުންދާ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އިސްލާމްދީނާއި ޚިލާފު ވާހަކަތަކެއް ލިޔެ ފޭސްބުކް ޕޭޖްއެއްގައި ފަތުރަމުންދާ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
Islam dheena khilaafu vaahaka thakeh liye Facebook page eh gai fathuramundhaa massala fuluhun thahgeeg kuramundhaa vaahaka dhannavan.
— Maldives Police (@PoliceMv) November 11, 2018
އިސްލާމްދީނަށް ފުރައްސާރަކުރާ އެފްބީ ޕޭޖުތަކުގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު މީގެ ކުރިން ވެސް ވަނީ އެފަދަ ޕޭޖުތައް އާންމު ވެފައެވެ. އަދި ފުލުހުން ވަނީ އެ ޕޭޖުތައް ޑިލީޓްކުރުވާފައެވެ.
ދިވެހި ބަހުން އިސްލާމްދީނާއި ﷲ އާއި ރަސޫލާ (ސ)އަށް ފުރައްސާރަ ކުރާ އާ ޕޭޖެއް ވައިރަލް ވެފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.