ދިވެހިރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައިތިބެ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެއެވެ.
ފޮޓޯތަކުން ފެންނަނީ ތިން ޒުވާނުން ކޯޓްގެ އެތެރޭގައި ތިބޭ މަންޒަރެވެ. އެތަނުން އެކަކު ފަނޑިޔާރުގެ ގޮނޑިކޮޅު ގައި އިށީދެގެންވެސް އިނދެއެވެ.
ފަނޑިޔާރުގެ ބެންޗަށް އަރައި ފަނޑިޔާރުގެ ގޮނޑިކޮޅުގައި އިށީނދެ ތިބެ ފޮޓޯތައް ނަގާ އާންމުކޮށްފައިވާއިރު، ޝަރީއަތުގެ މަޖިލީހަށް މީހުން ވައްދަނީ ފޯނު އަތުލުމަށްފަހު އެވެ. އެހެންވެ އެ ފޮޓޯތައް އެމީހުން ނެގި ގޮތެއް ސާފެއް ނުވެއެވެ.

މިފަދަ ގޮތަކަށް ކޯޓްގެ ހުރުމަތް ކެނޑޭގޮތަށް ބަޔަކު ނަގާފައިވާ މި ފޮޓޯތަކަށް އެތަށް ބައެއްގެ ފާޑު ކިއުން އަމާޒުވެފައިވާއިރު، އެކަން ބެލުމަށް ފުލުހުންނަށާއި ޖުޑީޝަރީއަށް އާއްމުން ދަނީ ގޮވާލަމުންނެވެ.
ފޮޓޯތަކަށް ބެލުމުން ބޮޑަށް ބެލެވެނީ އެމީހުން ފޮޓޯތައް ނަގަފައި ވަނީ ޖުވެނައިލް ކޯޓްގައިކަމަށެވެ.