ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލުކޮޅު ފަރުވާދެމުން ދަނިކޮށް އޭނާގެ ސެކިއުރިޓީ ބެލެހެއްޓުމާއި ކަރެކްޝަނަލް ސާވިސްއިން މިރޭ ހަވާލުވެއްޖެއެވެ.
އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވެ އެޑްމިޓް ކުރެވިފަ އޮތް ވަގުތެއްގައި ކުއްލި ގޮތަކަށް ޕޮލިސް އަދީބުގެ ސެކިއުރިޓީ ދޫކޮށްލާ، ކަރެކްޝަންއާ ސެކިއުރިޓީ ހޮނިހިރު ދުވަހުގެ ރޭ ހަވާލުކޮށްފައިވާ ކަމަށެވެ.
ސިރާޖް ވިދާޅުވީ މިބަދަލަކީ އެއްވެސް ފަރާތަކުން އަދީބުގެ ސިއްހީ ހާލަތާ މެދު ޒިންމާ ނަގަން ބޭނުން ނުވާތީ ނިންމި ނިންމުމެއް ކަމަށެވެ.
Adeeb ge sihhe haalukolhu goasve admit kurevifa oiy vaguthehga kulli gothakah @PoliceMv Adeeb ge security dhookohlaa corrections aa security havaalu kohfi.
— Moosa Siraj (@MoosesSiraj) November 10, 2018
Mi badhalakee ehves faraathakun Adeeb ge sihhe haalathaa medhu zimma nagan beynun nuvaathee nimmi nimumeh kamah feney.
އަދީބުގެ ހާލުކޮޅު ގޯސްވެ އައިޖީއެމްއެޗްގައި ފަރުވާދޭންފެށީ ހުކުރު ދުވަހުގެ ރެއެވެ. އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ އަދީބު އެޑްމިޓުކޮށް ފަރުވާ ދެމުން ދަނީ ކިޑްނީގައި އިން ހިލައެއް ވައްޓާލަން އުޅުމުގެ ތެރޭގައި ތާށިވެގެން ކަމަށާއި، މިކަމުގައި ކަރެކްޝަންސްގެ އިހްމާލު އެބަ އޮތް ކަމަށެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނެ، އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެން އަދީބު ގެންދަވަނީ 33 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މީގެ އިތުރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.