ރާއްޖެއިން ސްރީ ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އިސްތިއުފާ ދެއްވަން ނިންމައިފިއެވެ.
މުންދު އިސްތިއުފާ ދެއްވިކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާއިރު އޭނާ ވިދާޅުވީ އިސްތިއުފާ ދޭން ނިންމާފައިވާ ކަމަށާއި، މާދަމާ އިސްތިއުފާގެ ލިޔުން ހަވާލު ކުރާ ކަމަށެވެ. ނަމަވެސް އޭނަ އިސްތިއުފާ ދޭން ނިންމީ ކޮން ސަބަބަކާއި ހުރެ ކަމެއް ވިދާޅެއްނުވެއެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރު ކަމަށް މުންދު އައްޔަން ކުރީ މިދިޔަ އަހަރު އޮކްޓޯބަރު މަހުއެވެ. އޭގެ ކުރިން އޭނާ ހުންނެވީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގަ އެވެ.
މުންދު އިސްތިއުފާ ދޭންނިންމިއިރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަޤާމަށް އޮކްޓޫބަރު މަހު 3 ވަނަ ދުވަހު ވަނީ އައްޔަންކޮށްފައެވެ.