ކ. މާލެ
|
6 ފެބްރުއަރީ 2017 | ހޯމަ 20:17
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކުރުމުގެ ބައްދަލުވުމުގެ ތެރެއިން
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކުރުމުގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
އެޑިއުކޭޝަން ފެއާރ
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
 
މިފެއަރ ކުރިއަށްދާނީ 30 މާރޗް އިން 01 އޭޕްރީލް 2017 އަށް

"މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 "ލޯންޗްކޮށްފި އެވެ.

 

އަސަރީ ސާރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި ލަންކާ އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާރވިސަސް (ލެކްސް)އާ ގުޅިގެން 2016 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދަމުންދާ ތަޢުލީމީ ފެއަރ "މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ"އަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ލިބެން ހުންނަ ތަޢުލީމާއި ތަމްރީނު އަދި އިލްމު އުނގެނުމާ ގުޅޭ ހުރިހާ ދާއިރާއަކަށް އަމާޒުކޮށް، މަތީތަޢުލީމާއި ތަމްރީނުތަކުގެ މަޢުލޫމާތު ދިވެހީންނަށް ފޯރުކޮށްދިނުމަށް ހުޅުވާލެވޭ މިފަދަ ދެވަނަ ތަޢުލީމީ ފެއަރއެވެ.

 

ހަތްދިހަ އަށް ވުރެން ގިނަ އިންސްޓިޓިއުޓްތަކާ އެކު، ކުރީ އަހަރަށް ވުރެ ބޮޑުކޮށް ބާއްވަން ހަމަޖެހިފައިވާ ފެއަރގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޔުނިވަރސިޓީ ކޮލެޖުތަކުން ބައިވެރިވާނެ ކަމަށާއި އަދި މިހާރު ދަނީ ސްޓޯލް ވިއްކަމުން ކަމަށް އަސަރީ ސަރވިސަސްއިން ހާމަކުރި އެވެ.

 

ރާއްޖޭގެ ގިނަ ތަޢުލީމީ ކޮލެޖް އިންސްޓިޓިއުޓްތަކާއެކު ރާއްޖޭން ބޭރުން އިންޑިއާ، ސްރީލަންކާ، ސިންގަޕޯރ، މެލޭޝިއާ އަދި ޔޫކޭ ފަދަ ހިސާބުތަކުން ތަޢުލީމީ ފުރުސަތު ހުޅުވާލެއްވުމަށް ތަފާތު ދާއިރާތަކުގެ ޔުނިވާރސިޓީތަކުން ބައިވެރިވެފައި ވެއެވެ.

 

"މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ" ގެ އަމާޒަކީ ދަރިވަރުންނާއި ބެލެނިވެރިން އަދި މަތީ ތަޢުލީމަށް ޝައުޤުވެރިވެލައްވާ ހުރިހާބޭފުޅުންނަށްވެސް ބޭނުންހުރި މުހިންމު ފުރުސަތުތައް މިފެއަރގެ ޒަރީއާއިން ހުޅުވާލަދިނުން ކަމަށް މިފެއަރ އިންތިޒާމް ކުރާ ފަރާތުން ހާމަކުރި އެވެ.

 

މަތީ ތަޢުލީމު ހާސިލުކުރުމަށްޓަކައި ބޭނުންވާނެ ކެރިއަރ ގައިޑެންސް އަދި ސްކޮލަރޝިޕްތަކާއި ތަފާތު ގިނަ ދާއިރާތަކެއް ހިމެނޭގޮތަށް އިލްމު އުނގެނޭނެ ފުރުސަތުތައް ފުޅާކޮށްދިނުން ކަމަށް އަސަރީ ސަރވިސްއިން ބުންޏެވެ.

 

ފާއިތުވި އަހަރުގައި ދަރިވަރުންގެ ވަރަށް ފުރިހަމަ ތަޖުރިބާ ލިބިގެންދިޔަ އެއް ހަރަކާތް ޕާރސަނަލިޓީ ޑިވެލޮޕްމަންޓް ވާރކްޝޮޕް މިއަހަރުވެސް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައިވާ ކަމަށާއި އަދި މި ވާރކްޝޮޕްތަކަކީ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކާއި، އަދި ވަޒީފާ އަދާކުރަމުންއަންނަ ފަރާތްތަކާއި އަދި ތަޢުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް ވަރަށް މުހިންމު ވާރކްޝޮޕްތަކަކަށް ވެގެންދާނެ ކަމަށް އަސަރީ ސަރވިސަސްގެ އެގްޒެކެޓިވް ކޯޕަރޭޓް ސްޓްރަޓަޖީ އައިމިނަތު މުއީނާ ވިދާޅުވި އެވެ.

 

"މޯލްޑިވްސް އެޑިއުކޭޝަން އެކްސްޕޯ" އަށް ޒިޔާރަތްކޮށް މިއަގުހުރި ފުރުސަތުގެ ބޭނުން ހިފުމަށް އެންމެ މުހިންމު ބަޔަކީ މިހާރު ގްރޭޑް 8،9،10 ގައި ކިޔަވަމުން ގެންދާ ދަރިވަރުންނާއި 11،12 އަދި ޑިޕްލޮމާ ފައުންޑޭޝަން ލެވަލްގައި ކިޔަވަމުންދާ ދަރިވަރުންނާއި، ކިޔަވަން ފައްޓާ އަދި ކޯސް ފުރިހަމަ ނުކުރެވިފައިވާ ދަރިވަރުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތްތަކާއި، ބެލެނިވެރިންނާއި، ކުރިއަށް އޮތް އަހަރުތަކުގައި ތަޢުލީމު ނުވަތަ ތަމްރީނު ޙާސިލުކުރުމަށް ބޭނުންވެފައިވާ ފަރާތްތަކާއި، ތަޢުލީމަށްޓަކައި ފަންޑު ބޭނުންވެފައިވާ ފަރާތްތަކާއި އަދި މިނޫން ވެސް ޢިލްމު އުނގެނުމާ ގުޅޭ ގޮތުން މަޢުލޫމާތު ހޯދުމަށް ބޭނުންވެފައިވާ ފަރާތްތައް ކަމަށް ލެކްސްއިން ބުންޏެއެވެ.

 

މިފެއަރ ކުރިއަށްދާނީ 30 މާރޗް އިން 01 އޭޕްރީލް 2017 ވަނަދުވަހުގެ ހަވީރު 03:00 ން ރޭގަނޑު 10:00އަށެވެ.

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް