އިންޑިއާ އިން ފުރައިގެން ރާއްޖެއައުމަށް ދަތުރު ކުރި އެސްޓީއޯގެ ކާގޯ ބޯޓެއް ކަމަށްވާ "ބޮންތި2"، އޭޑީކޭ ޓްރޭޑްސްގެ ޓަގު ބޯޓެއްގައި ކަފުޖައިގެން ހޮނިހިރު ދުވަހު މާލެ ގެންނާނެ ކަމަށް އޭޑީކޭ ޓްރޭޑްސްއިން ބުނެފިއެވެ.
އޭޑީކޭ އިން ހޮނިހިރު ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ވަނީ އެކުންފުނީގެ ޓަގެއް ކަމަށްވާ "ރާދަފަތި" އެސްޓީއޯގެ ކާގޯ ބޯޓު "ބޮންތި2" ކަފު ޖަހައިގެން ގެންނަ ކަމަށެވެ.
އޭޑީކޭ ޓްރޭޑްސްއިން ބުނީ 4000 ޓަނުގެ އެސްޓީއޯގެ "ބޮންތި2" ކާގޯ ބޯޓު ރައްކާތެރިކަމާ އެކު ހޮނިހިރު ދުވަހުގެ ހަވީރު 18:00 ގައި މާލެ ވަންނާނެ ކަމަށެވެ.
Our tug boat Raadhafathi is on a salvage operation towing the distressed cargo ship Bonthi-2 owned by STO plc. with 4000 tons of cargo. The cargo ship will safely reach Male' today 1800hrs. @sunbrk @Mihaarunews @raajjemv @avasmv @MNDF_Official pic.twitter.com/yOFHf7hKLK
— ADKtrade (@ADKTrades) November 10, 2018
"ބޮންތި2" ބޯޓް ހާލުގައި ޖެހުނު ކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު 14:10 ހާއިރުއެވެ. އެ ބޯޓަށް އެހީތެރިވުމަށް އެމްޓީސީސީގެ ލޯންޗެއްގައި ކޯސްޓްގާޑްގެ ޑައިވަރުން ފުރީ އަންގާރަ ދުވަހުގެ ރޭ 22:18 ހާއިރެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވަނީ ގާތްގަނޑަކަށް 11 ގަޑިއިރު ދަތުރުކުރުމަށް ފަހު ކޯސްޓްގާޑްގެ ޑައިވަރުން ދަތުރުކުރި ލޯންޗަށް، "ބޮންތި2" ބޯޓާ ހަމައަށް ދެވުނީ ބުދަ ދުވަހުގެ ހެނދުނު 9:10 ހާއިރުއެވެ.
އެބޯޓު ހާލުގައި ޖެހުނީ މާގަނޑުން ދަތުރުކުރަމުން އަންނަނިކޮށް ބުރަފަތީގައި ވަލެއް އޮޅި ގެންނެވެ. އެ ބޯޓުން ދަތުރު ކުރަމުންދާ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އެމްއެންޑީއެފް ބުނި ގޮތުގައި އިންޑިއާ އިން ފުރައިގެން މާލެ ދަތުރުކުރި އެ ބޯޓް ހާލުގައި ޖެހިފައި ވަނީ ކުޅުދުއްފުއްޓާ 188 މޭލު ބޭރުންނެވެ.