ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރަފުގައި ހއ. ދިއްދޫ އިން ބޮޑު ޖާފަތެއް ހުކުރު ދުވަހުގެ ރޭ ބާއްވައިފި އެވެ.
މިއީ ދިއްދޫގެ ވިޔަފާރީވެރިންގެ ތެރެއިން ބަޔަކު އިސްނަގައިގެން ބޭއްވި ހާއްސަ ޖާފަތެކެވެ. ދިއްދޫ ސްކޫލުގައި ބޭއްވި ޖާފަތުގައި އެރަށުގައި ތިބި ނަޝީދަށް ތާއިދުކުރާ އާންމުންގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.
މިކަން އިންތިޒާމްކުރި ދިއްދޫގެ ބައެއް ވިޔަފާރިވެރިން ބުނީ މިއީ ރައީސް ނަޝީދުގެ މައްޗަށް އިއްވުނު ޖަލު ހުކުމަށް ފަހު އެމަނިކުފާނު އެރަށަށް ވަޑައިގެންނެވުމުން އެކަމުގެ އުފަލުގައި ދިން ހާއްސަ ޖާފަތެއް ކަމަށެވެ.
މި ޖާފާތް ކުރިއަށް ދިޔައިރު ބޮޑު ބެރުގެ ހަރަކާތް ވެސް ކުރިއަށް ދިޔައެވެ. އަދި ރަށުގެ އަންހެން ވެރިންގެ ފަރާތުން އަދި ދިއްދޫ ދާއިރާގެ ފަރާތުން ވެސް ރައީސް ނަޝީދަށް ހާއްސަ ފިލައެއް އަރުވާފައިވެ އެވެ.
ދިއްދުއަށް ރައީސް ނަޝީދު ހުކުރު ދުވަހުގެ ހަވީރު ވަޑައިގެންނެވި ވަގުތު އެމަނިކުފާނަށް އެރަށުން ހޫނު މަރުހަބާއެއް ދަންނަވާފައިވެ އެވެ.