ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތިލަަދުންމަަތި އުތުރުބުރި ދިއްދުއަށް ވަޑައިގެންފިއެވެ.
ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީގެ އިތުރުން އެމްޑީޕީގެ ލީޑަރޝިޕްގެ ގިނައަދަދެއްގެ ބޭފުޅުން ދިއްދުއަށް ވަޑައިގަތުމުން އެރަށުގެ ގިނަ ޢަދަދެއްގެ ބަޔަކު އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސް ނަޝީދު ދިއްދުއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި ދިއްދޫގެ ރައްޔިތުންނާ ބައްދަލުކުރުމުގެ އިތުރުން، އެކި އެކި މުއައްސަސާތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ނަޝީދު ދިއްދޫއަށް ވަޑައިގެންފައި މިވަނީ ތިން އަހަރަށްވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅަށްފަހުގައެވެ. ރައީސް ނަޝީދަށް އައްޑޫއަތޮޅުންވެސް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.