އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުމްރާ އަށް ފުރާވަޑައިގަންނަވައިފިއެވެ.
މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރާއި، ރައްޔިތުންގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު އަލީ ޝިޔާމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި، ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ބައިވެރިވެ ވަޑައިގަންނަވައެވެ.

އިންތިޚާބީ ރައީސް ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައި ވަނީ އުމްރާ އަށް ވަޑައިގަންނަވާ ދަތުރުފުޅުގައި ސައޫދީ އަރަބިއްޔާގެ އޮފިޝަލުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.
އެ ދަތުރުފުޅަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހެވެ.