އެމެރިކާގެ ކޮންގްރެސް އަށް ފުރަތަމަ ފަހަރަށް މުސްލިމް ދެ އަންހެނުން އިންތިޚާބު ވެއްޖެއެވެ.
ކޮންގްރެސް އިން ހޮވުނު މުސްލިމު ދެ އަންހެނުންނަކީ ފަލަސްތީން ދަރިކޮޅަށް ނިސްބަތްވާ މުސްލިމް އަންހެނެއް ކަމަށްވާ ރާޝިދާ ތާލިބް،42 އާއި ސޯމާލިއާ ދަރިކޮޅަށް ނިސްބަތްވާ މުސްލިމް އަންހެނެއް ކަމަށްވާ އިލްހާން އުމަރު ،36އެވެ.
އިލްހާން އުމަރު އިންތިޚާބުގައި ކާމިޔާބު ކުރީ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުންނެވެ. އޭނާ ކާމިޔާބު ކުރީ މިނިސޯޓާގެ އިދާރީ ދާއިރާއެއްގެ މެންބަރު ކަމެވެ.
އިލްހާން އުމަރު އިންތިޚާބު ވުމުގެ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އެމެރިކާއަށް ގޮސް އޭނާ އަށް ސްކޫލަށް ދެވޭނެ ކަމުގެ ޚިޔާލެއް އޭރު ނުކުރާ ކަމަށެވެ. އޭނާ ދިރިއުޅެމުން އައީ ރެފިއުޖީ ކޭމްޕްގައި ކަމަށާއި އެތާނގައި ގާތްގަނޑަކަށް ހަތަރު އަހަރު އޭނާގެ ޅައިރު ހޭދަކުރި ކަމަށެވެ. ރެފިއުޖީ ކޭންޕުން އެމެރިކާއަށް އާއިލާއާއެކު ހިޖުރަކޮށް ރަށްވެހިކަން ހޯދާފައިވަނީ އުމުރުން 14 އަހަރުގައެވެ.
ރާޝިދާ ތާލިބް ވެސް އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުންނެވެ. އޭނާ އިންތިޚާބުވީ މިޝިގަންގެ އިދާރީ ދާއިރާއެއްގެ މެންބަރުކަމަށެވެ.
އެމެރިކާގެ މިޑްޓަރމް އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ އަންގާރަ ދުވަހުއެވެ. މި އިންތިޚާބުގައި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ 435 ގޮނޑިއާ ސެނޭޓްގެ 35 ގޮނޑި އަދި އެމެރިކާގެ 36 ސްޓޭޓާއި އެމެރިކާގެ ތިން ޓެރިޓަރީއަށް 39 ގަވަރުނަރުން އިންތިޚާބު ކުރާނެއެވެ.