އިންޑިއާ އިން ރާއްޖެ އައުމަށް ދަތުރުކުރަމުން ދިޔަ އެސްޓީއޯގެ ބޮންތި 2 ބޯޓް ހާލުގައި ޖެހިގެން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފް ބުނި ގޮތުގައި އިންޑިއާ އިން ފުރައިގެން މާލެ ދަތުރުކުރި އެ ބޯޓް ހާލުގައި ޖެހިފައިވަނީ ކުޅުދުއްފުއްޓާ 188 މޭލު ބޭރުން ބޯޓުގެ ބުރަފަތީގައި ވަލެއް އޮޅިގެންނެވެ.
މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 02:10 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެމްއެންޑީއެފްގެ ޑައިވަރުން އެ ބޯޓު އޮތް ސަރަހައްދަށް ދަތުރު ފަށާފައިވަނީ އަންގާރަ ދުވަހުގެ ރޭ 10:15 ހާއިރު ކަމަށާއި ޑައިވަރުން ދަތުރު ކުރަނީ ކާގޯ ބޯޓުގެ ވެރި ފަރާތުން ހަމަޖެއްސި އެމްޓީސީސީ ލޯންޗެއްގަ އެވެ.
އައްޑިހަ ހަ މީޓަރުގެ ކާގޯ ބޯޓު އޮތް ހިސާބަށް ވާސިލުވާނެ ކަމަށް ބެލެވެނީ، އެމްއެންޑީއެފުން ބުނި ގޮތުގައި ބުދަ ދުވަހުގެ ހެނދުނު 09:00 ހާއިރު އެވެ.