ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެތެރެކޮށް ވިއްކަމުންދާ ފުށުގެ ބެޗެއްގައި އާދަޔާ ހިލާފު ވަރަގަދަ ވަހަކާއި ރަހައެއް ހުރުމުން އެ މައްސަލަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބަލަން ފަށައިފިއެވެ.
އެ އޮތޯރިޓީން އަންގާރަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މައްސަލަ ހުރީ ބެޗް ނަންބަރު 17016853 ގެ ފުށުގައި އެކަނި ކަމަށާއި އަދި އެހެން ބެޗްތަކަށް އޭގެ އަސަރު ކޮށްފައިނުވާ ކަމަށެވެ.
MFDA is investigating STO Wheat Flour brand, batch number 17016853 due to a strong unusual odour and taste. This does not affect other batches of STO Wheat Flour. It is advisable to check flour before purchase and sale. Precautionary measures shall be taken during storage.
— MFDA (@MFDA_mv) November 6, 2018
މީގެ އިތުރުން ހުރިހާ ފަރާތްތަކުން ވެސް ފުށް ގަންނައިރު ރަނގަޅަށް ބެލުމަށް ފަހު ގަތުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
މިކަމާ ގުޅޭ ގޮތުން އެސްޓީއޯގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ، ވަނީ އިތުރު މައުލޫމާތު ލިބޭ ގޮތް ނުވެފައެވެ. އަދި އެ ފުށްތަކާ މެދު އަމަލުކުރާ ގޮތެއް އެމްއެފްޑީއޭ އިން ވެސް ވަނީ ސާފުފާ ގޮތް ނުވެފައެވެ.