ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 12:06
ސޮނާލީ
ސޮނާލީ
އިންސްޓަގްރާމް
ސޮނާލީ
ކީމޯތަރަޕީގެ ސަބަބުން ސޮނާލީގެ ލޮލުގެ ފެނުމަށް ގެއްލުން ވަނީ
 
ކީމޯތަރެޕީ ނެގުމަށް އޭނާ ވަނީ ބޯވެސް ބާލާފައި

ކެންސަރާއި ހަނގުރާމަ ކުރަމުންދާ  ބޮލީވުޑްގެ އެކްޓްރެސް ސޮނާލީ ބެންޑްރޭޑްގެ ލޮލަށް ގެއްލުން ލިބެމުންދާ ކަމަށް އޭނާ ބުނެފިއެވެ. 

ސޮނާލީ އޭނާގެ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯއެއްގައި ބުނެފައިވަނީ ކެންސަރަށް ދޭ ފަރުވާ ކަމަށްވާ ކީމޯތަރަޕީގެސަބަބުން އޭނާގެ ލޮލުގެ ފެނުމަށް އަސަރު ކުރަމުންދާ ކަމަށެވެ. އަދި އޭނާއަށް ފޮތްކިޔަން އުނދަގޫވާ ކަމަށް އެ ޕޯސްޓުގައި އޭނާ ވަނީ ބުނެފައެވެ. 

ސޮނާލީއަށް ކެންސަރު ޖެހުމާއި ގުޅިގެން ކީމޯތަރެޕީ ނެގުމަށް އޭނާ ވަނީ ބޯވެސް ބާލާފައެވެ. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sonali Bendre (@iamsonalibendre) on

ޕްރޮޑިއުސަރ ގޯލްޑީ ބޭލްއާ ކައިވެނިކޮށްގެން އުޅޭ ސޮނާލީ ކެންސަރަށް ފަރުވާ ހޯދަމުންދަނީ އެމެރިކާގެ ނިއުޔޯކުންނެވެ. އުމުރުން 43 އަހަރުގެ ސޮނާލީއަށް ޖެހިފައި ވަނީ ހައި ގްރޭޑް ކެންސަރއެވެ.

ބޭލްއާ 2002 ވަނަ އަހަރު ކައިވެނި ކުރުމަށް ފަހު ފިލްމް ކުޅުން ހުއްޓާލި ނަމަވެސް، ފަހަކަށް އައިސް ސޮނާލީ ވަނީ ބައެއް ފިލްމްތަކާއި ޓީވީ ސިލްސިލާތަކުގެ އިތުރުން ބައެއް ރިއަލިޓީ ޝޯތަކުގެ ޖަޖްކަން ވެސް ކޮށްފައެވެ.

ސޮނާލީ ބޮލީވުޑަށް ތައާރަފްވެފައި ވަނީ 1994 ވަނަ އަހަރު ނިކުތް އާގް އިންނެވެ. އޭނާއަށް ވަނީ 12 އަހަރުގެ ފިރިހެން ކުއްޖަކު ލިބިފައެވެ. ސޮނާލީ 2002 ގައި ކައިވެނިކޮށް ފިލްމް ކުޅުން ހުއްޓައިލި ނަމަވެސް އޭނާ ކުޅެފައިވާ ބައެއް މަޝްހޫރު ފިލްމު ތަކުގެ ތެރޭގައި ހަމް ސާތު ސާތު ހޭ،ސަރްފަރޯޝް، ދިލްޖަލޭ،ތަޒާރު، އައެ ދިވާނޭ ދިލް އަދި ކީމަތް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
100%
0%
0%
0%
ކޮމެންޓް