ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ޤާސިމް އިބްރާހިމް، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވައިފި އެވެ.
ގުޅިފައިވާ އިއްތިހާދުގެ އެއް ޕާޓްނަރުކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމުވެސް ފުރުއްވަމުންގެންދަވާ ޤާސިމް، އިންތިހާބީ ރައީސާއި ބައްދަލުކުރައްވާފައިވަނީ އާދިއްތަ ދުވަހު އެވެ. އެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ އިންތިހާބީ ރައީސްގެ އޮފީހުގަ އެވެ. ނަމަވެސް ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތަފްސީލް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
މި ބައްދަލުވުމަކީ ޤާސިމް އިބްރާހިމް މަޖިލީހުގެ ރައީީސްކަމަށް އިންތިހާބުވިފަހުން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. އަދި ރައްޔިތުންގެ މަޖިލީހުން އަންނަނީ އިންތިހާބީ ރައީސް ހުވާކުރުމަށް ބާއްވާ ޖަލްސާއަށް ތައްޔާރުވަމުންނެވެ.
Speaker of People’s Majlis Hon. @qasimibrahim calls on President-elect @ibusolih. pic.twitter.com/fWXUshZBTC
— President Elect MV (@PresElectMv) November 4, 2018
ޤާސިމް އިންތިހާބީ ރައީސާ ބައްދަލުކުރެއްވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިންތިހާބީ ރައީސާ ބައްދަލުކުރައްވާފަ އެވެ.