ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ޖަލަށްލައި އެޕާޓީ ނައްތާލަން އުޅުމުން އެކަން ނުވެ، އޭގެ ބަދަލުގައި އުފެދިގެން އައީ ޒުވާން ލީޑަރޝެޕެއްކަމަށް އެޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ އެއް ލީޑަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ އިމްރާން ޖަލަށް ލައި، ދައުލަތުގެ އެހީ ކަނޑާލައި، ހުރިހާ ނުފޫޒް ބޭނުންކޮށްގެންވެސް އަދާލަތު ޕާޓީ ނައްތާ ނުލެވުނު ކަމަށެވެ. އޭގެ ބަދަލުގައި ވެގެން ދިޔަ ކަމަކީ ފިސާރި ހިތްވަރުގަދަ ޒުވާން ލީޑަރޝިޕްއަކަށް ފުރުސަތު ލިބުން ކަމަށެވެ.
ތަންފީޒް ކުރައްވަމުން ގެންދެވި 12 އަހަރުގެ ޖަލުހުކުމް ތަންފީޒް ކުރުން މިހާރު ފަސްކޮށްފައިވާ އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރުގެ ލީޑަރޝިޕްގައި އަދާލަތު ޕާޓީ ނަގާ ކޮޅަށްޖެހި ޓީމްގެ އެވްރެޖް އުމުރަކީ 35 އަހަރު ކަމަށެވެ. އަދި މިއަދު އަދާލަތު ޕާޓީއަކީ ޒުވާން ޕާޓީއެއް ކަމަށް އިމްރާން ވިދާޅުވިއެވެ.
Alhugandu jalahlaa, dhaulathuge eheekandaalaa, hurihaanufooz beynunkohgenves AP nahthaa nulevunu. Veekamakee fisaari hivvarugadha zuvaan leadership akah furusathulibun. VP Uz @alixahir ge leadership ga AP nagaakolhah jehi team ge average umurakee 35y. Mee miandhu zuvaan party eh. pic.twitter.com/BEl4CgB2VV
— Imran Abdulla (@ShimranAb) November 4, 2018
މަޝްހޫރު މޭޑޭގައި ދެއްކެވި ވާހަކަ ފުޅަކާއި ގުޅިގެން ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ އަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރިއެވެ. އަދި އޭގެ ފަހުން ޕާޓީތަކަށް ދޭން ޖެހޭ ފައިސާވެސް އަދާލަތު ޕާޓީއަށް ދީފައެއް ނުވެއެވެ. އެދުވަސްވަރު އަދާލަތު ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވީ ނައިބު ރައީސް ޢަލީ ޒާހިރެވެ.