ކ. މާލެ
|
4 ނޮވެންބަރ 2018 | އާދީއްތަ 18:44
މާވެޔޮ މަގުގައި އަލަށް ހުޅުވި ގޮމާފުޅު ފިހާރަ
މާވެޔޮ މަގުގައި އަލަށް ހުޅުވި ގޮމާފުޅު ފިހާރަ
ރިޒްނާ ޒަރީރު
ގޮމާފުޅު
ބެޑިންގްސްއަށް ހާއްސަކޮށްގެން ގޮމާފުޅުގެ އައު ފިހާރައެއް ހުޅުވައިފި
ގޮމާފުޅުގެ ތިން ފިހާރަ ހުރޭ
ކަސްޓަމައިޒްކޮށް ބެޓްޝީޓް ފަހައި ދިނުމުގެ ޙިދުމަތްދޭ

ބެޑިންގްސްގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ގޮމާފުޅުގެ އައު ފިހާރައެއް ހުޅުވައިފިއެވެ.

ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ގޮމާފުޅުގެ ފައުންޑަރ މޫސާ ވިދާޅުވީ މާވެޔޮ މަގުގައި އަލަށް މިހުޅުވި ފިހާރައަކީ ކުރިން ހުރި ފިހާރައިގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑުވެ ކަސްޓަމަރުންގެ އެދުމުގެ މަތިން ހުޅުވި ތަނެއް ކަމަށެވެ. އެގޮތުން އަލަށް ހުޅުވި ފިހާރައިގައި ޖާގަ ތަނަވަސްވެފައި ކަސްޓަމަރުންނަށް ޕްރޮޑަކްޓްސް ބާލާލުމުގެ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ގޮމާފުޅަކީ ފެށުނީއްސުރެ ބެޑިންގްސްގެ ވިޔަފާރި ކުރަމުން އަންނަ ތަނެއް ކަމަށާއި އެގޮތުން ބެޑިންގްސްއަށް ބޭނުންވާ ހުރިހާ އެއްޗެއް އެތަނުން ލިބޭނެ ކަމަށެވެ. މީގެ އިތުރުން އެންމެ ހާއްސަ އެއް ކަމަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ބެޓްޝީޓްވެސް ފަހައި ދިނުމުގެ ޙިދުމަތް ދެމުންގެންދާ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރަނީ ކުއަލިޓީ އެއް ފެންވަރެއްގައި ހިފެހެއްޓުމަށް ކަމަށާއި އެގޮތުން ބެޓްޝީޓްތައް ފަހައިގެން ޕެކިންގްސް ހަދައިގެން ގެންނަނީ ރާއްޖެއިން ބޭރުން ކަމަށެވެ.

މޫސަ ވިދާޅުވި ގޮތުގައި އެތަނުން ގަންނަ އެއްވެސް ޕްރޮޑަކްޓެއްގައި މައްސަލައެއް ހުރި ކަން ފާހަގަކުރެވިއްޖެ ނަމަ ވަގުތުން އޭގެ ބަދަލު ދެވޭނެ ކަމަށާއި ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރާ ކަމަށެވެ.

މާލޭގައި ގޮމާފުޅުގެ ދެ ފިހާރަ ހުރި އިރު ހުޅުމާލޭގައިވެސް އެއް ފިހާރަ ހުންނާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް