ޖުޑިޝަރީ އިސްލާހް ކުރެވޭނެ ކަމަށާއި، އެކަމަށް ބޭނުންވަނީ ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުންގެ ހިތްވަރު ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
ކުރިން ބަންޑާރަނައިބުކަން ކުރެއްވި ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުޑީޝަރީ އިސްލާހް ކުރަން ރައްޔިތުން ބޭނުންވާ ކަމަށާއި، އެކަމަށް އިތުރަށް ބޭނުންވަނީ ހަތަރު ޕާޓީގެ ވެރިންގެ ހިތްވަރު ކަމަށެވެ.
ސުއޫދު މި ގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޕާޓީގެ މެމްބަރުން ވެސް ކޯޓުތަކުން ކުރާ ހުކުމްތަކަކީ އިންސާފުން ބޭރު ހުކުމްތަކެއް ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
judiciary islaahu kurumakee kurevidhaane kameh. Ethan islaahu kuran rayyithun beynun. Ithurah beynun vaa ehchakee 4 party ge veringe hivvaru. https://t.co/aZzUrXY555
— Husnu Al Suood (@hsuood) November 3, 2018
ރައްޔިތުންގެ މަޖިލިސް ފެށުމަށް ބޭއްވި ޖަލްސާތަކުގައި ޕީޕީއެމް މެމްބަރުން ވިދާޅުވީ އެތައް ބަޔަކަށް ބޭއިންސާފުން ހުކުމް ކޮށްފައިވާ ކަމަށާއި އެމީހުންނަށް ވެސް އިންސާފު ލިބެންޖެހޭ ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި އިދިކޮޅުން ކުރި ކެމްޕޭނުގެ އެންމެ ކުރީގައި އޮތީ އިންސާފު ގާއިމް ކޮށްދިނުމުގެ ވައުދުތަކެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނުގައި ވެސް ޖުޑީޝަރީ އިސްލާހް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.