ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ފަށައިފިއެވެ.
ނަސްރުގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ވަނީ ޖަމާޢަތުގައި ފަތިސް ނަމާދުކޮށް އަދި ދިދަ މައުންޓް ކޮށްފައެވެ.
ހޮނިހިރު ދުވަހު ހަވީރު 16:50 ގައި "ޖުމްހޫރީ މައިދާން" ގައި މިއުޒިކަލް ޑްރިލްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު އާންމުކޮށްވަނީ ހުޅުވާލެވިފައެވެ.
މީގެ އިތުރުން ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. އަދި އާދީއްތަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަޙައްދާއި މިމަހު 05 ވަނަ ދުވަހު ވިލިމާލެ ބަނދަރު ސަރަޙައްދުގައި މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތައް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ މިއުޒިކަލް ޑްރިލް ޑިސްޕްލޭއަކީ އަސްކަރީ ސިފަވަންތަކަމާއި، ސަފުތަކުގެ ބަދަހިކަމާއި އެކުގައި މަސައްކަތްކުރުމުގެ ރޫހު ދައްކުވައިދޭ ހެވިކަމެކެވެ.