ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާއިރު އެމަނިކުފާނާ އެކު ކުރީގެ ފޮރިން މިނިސްޓަރ އަހުމަދު ނަސީމް ވެސް ރާއްޖެ ވަޑައިގަންނަވާނެއެވެ.
ނަސީމް 2014 ވަނަ އަހަރުން ފެށިގެން ދިރިއުޅުއްވަމުން ގެންދަވަނީ އަވައްޓެރި ސްރީ ލަންކާގައެވެ. ލަންކާގައި ދިރިއުޅުއްވުމަށް ފަހު ނަސީމް މިއަދު ރައީސް ނަޝީދާ އެކު ރާއްޖެ ވަޑައިގަންނަވާ އިރު މީގެ ކުރިން ފުލުހުން ވަނީ ނަސީމް ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގެންފައެވެ. އަދި ޕާސްޕޯޓް ވެސް ކެންސަލްކުރިއެވެ. ނަމަވެސް ނަސީމު އަނބުރާ ރާއްޖެ އައުމުގެ އެއްވެސް ހުރަހެއް ނެތް ކަމަށް އިމިގްރޭޝަނުން ވަނީ މި މަހުގެ ތެރޭ ހާމަކޮށްފައެވެ.
ނަސީމު ވަނީ އެމްޑީޕީއާ ގުޅިގެން މި ސަރުކާރުން ހާރިޖީ ސިޔާސަތު ގެންގުޅޭ ގޮތުން ކަންބޮޑުވުން ވެސް ފާޅު ކުރައްވާފައެވެ. ރާއްޖޭގެ ހާލަތާއި ރައީސް ނަޝީދު މިނިވަން ކުރެއްވުމުގެ ބުރަ މަސައްކަތްޕުޅު ރާއްޖެއިން ބޭރުގައި ހުންނަވައި ނަސީމް ވަނީ ކުރައްވާފައެވެ. ރައީސް ނަޝީދު މިދިޔަ އޮކްޓޯބަރު މަހު ސައުދީއަށް ވަޑައިގެން ކުރެއްވި ދަތުރުފުޅުގައި ވެސް އެމަނިކުފާނާއި އެކީ ނަސީމް ވަނީ ވަޑައިގަންނަވާފައެވެ.