ބުދަ ދުވަހުގެރޭ ފުވައްމުލަކު ސިޓީގައި ވަޅި ހަރައި ޒަޚަމް ކޮށްލި އެރަށު އަލްޓްރާ، އަޙުމަދު އިނާން އިބްރާހިމް އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުޙައްމަދު ފަރުޒާދު ރާއްޖެއެމްއެވީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އިނާންގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އިތުރު ފަރުވާއަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އުމުރުން 18 އަހަރުގެ އިނާންގެ ބޮލަށާއި ހަށިގަނޑު އެކިތަންތަނަށް ވަޅި ހަރާފައިވަނީ ބުދަ ދުވަހުގެ ރޭ 20:50 ހާއިރުއެވެ.
މިމައްސަލައާއި ގުޅިގެން ބުދަ ދުވަހުގެރޭ 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާއިރު، މި މައްސަލައިގައި ބުރާސްފަތި ދުވަހުގެ ހެނދުނު 21 އަހަރުގެ ފިރިހެނަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.