ފުވައްމުލަކުގައި ސިޓީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި، ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.
ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވާ ޒުވާނާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
އެ ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ފަރުޒާދު "ރާއްޖެއެމްއެވީ"އަށް ވިދާޅުވީ އެ ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި އޭނާގެ ބޮލަށާއި ހަށިގަނޑު އެކިތަންތަނަށް ވަޅި ހަރާފައިވާ ކަމަށެވެ. ބުދަ ދުވަހުގެ ރޭ 9 ޖަހާ އެހާކަންހާއިރު ގެނައި އެ ޒުވާނާގެ ހަށިގަނޑުން ލޭމަނާނުވާތީ، އޮޕަރޭޝަން ތިއޭޓަރަށް ވައްދައިގެން ފަރުވާ ދެމުންދާ ކަމަށް ފަރުޒާދު ވިދާޅުވިއެވެ.
"ހަށިގަނޑުގެ އެކިތަންތަނަށް ވަޅި ހަރާފައި ވަނީ. ބޮލަށާއި އެކި ތަންތަނަށް. ލޭ މަނާނުވާތީ ތިއޭޓަރަށް ވައްދައިގެން މިއުޅެނީ. ކްރިޓިކަލްވުމުން އަވަރަށް ފަރުވާދެމުންދަނީ. ފަރުވާއަށްފަހު، އިތުރު ދެން ތަފްސީލެއް ދެވޭނީ،" ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވިއެވެ.