ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
މެމްބަރު މުހަންމާގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ކަނޑައެޅީ އެ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މެމްބަރު މުހަންމާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ނިންމުން ބާތިލްކޮށް ސުޕްރީމް ކޯޓުން ބުނެފައިވަނީ މުހައްމާ ޕީޕީއެމް އިން ވަކިވެފައިވަނީ "ފްލޯ ކޮރޮސިންގ"އާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން 13 ޖުލައި 2017 ވަނަ ދުވަހު ކޮށްފައިވާ ހުކުމުގެ ކުރުމުގެ ކުރުމުގެ ކުރިންކަން އެނގެން އޮންނަ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ހަދާފައިވާ ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން މެމްބަރެއް މެމްބަރުކަމުން ވަކިވާން އެދި ސިޓީ ލާ ދުވަހުން ފެށިގެން ޕާޓީގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާއިރު މުހަންމާ ޕީޕީއެމްގެ މެމްބަރު ކަމުން ވަކިވުމަށް 10 ޖުލައި 2017 ގައި ޕީޕީއެމްއަށް ހުށަހަޅާފައިވާ ކަން ސުޕްރީމް ކޯޓުން ފާހަގަ ކޮށްފައިވެ އެވެ. އަދި ހަމަ އެސިޓީ އިލެކްޝަންސް ކޮމިޝަނަށް ކޮޕީކޮށް، ފޮނުވާފައިވާ ކަމަށް ވެސް ގާނޫނީ ވަކީލުން ވިދާޅުވިއެވެ.
މުހައްމާގެ އިތުރުން އެހެން ބައެއް މެމްބަރުންގެ ގޮނޑީގެ މައްސަލަތައް ވެސް އެ މެމްބަރުންނާ އެއްކޮޅަށް ސުޕްރީން ކޯޓުން ވަނީ ނިންމާފަ އެވެ.