މާލޭގައި ފެން ހިންދާ ނިޒާމުގެ ޕަމްޕުތައް ހަލާކުވެފައިވާ ވާހަކަ ހާމަކުރުމުން އާންމުންގެ ފާޑުކިޔުންތައް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭއަށް ބޯކޮށް ވާރޭވެހި ގިނަ މަގުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. ބައެއް މަގުތަކުގައި ދެ ފޫޓަށް ފެން ހުރި އިރު އަނެއް ބައި ސަރަހައްދުގައި ދުއްވާ އުޅަނދު ފަހަރަށް ވެސް ދުންވަން އުނދަގޫވާ ވަރަށް ވަނީ ފެންބޮޑުވެފައެވެ.
މިކަމާ ގުޅިގެން މިނިސްޓަރު މުއިއްޒު ވިދާޅުވަފައި ވަނީ ގިނަ ޕަމްޕު ސްޓޭޝަންތަކުގެ ޕެނަލް ބޯޑަށް ގެއްލުންދީ ހަލާކޮށްލާފައިވާ ކަމަށެވެ.
މަލޭ ސިޓީގެ ފުރަތަމަ މޭޔަރ ކަން ކުރެއްވި އާދަމް މަނިކު (ސަރަނގު) ވިދާޅުވީ، މިނިސްޓަރ މުއިއްޒަށް މަގާމު ދީފައިފައި ވަނީ މަސައްކަތުގެ ވާޖިބުތައް ފުރިހަމައަށް އަދާކުރުމަށް ކަމަށެވެ. އެހެން ކަމުން ބަހަނާ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
Dr. Muiz. U R well 'paid' to do a job. No excuses. You forcibly took from the City Council their powers. You never cleaned the drains nor solved parking probs. Instead U seem to be focussed in installing an expensive gate to yr Ministry. Let's get the job done without excuses.
— Adam Manik Sarangu (@ManikSarangu) October 30, 2018
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވާހަކަދެއްކި މީހަކު ބުނީ، މިކަން ފުލުހުންނަށް ހުށަހަޅައިގެން ބަލަންޖެހޭ ކަމަށެވެ. ތިފަދަ ގެއްލުންތަކެއް ދިން އިރު ސްޓެލްކޯ އާއި ދިރާގު އަދި އުރީދޫގެ ނެޓްވޯކް ބޯޑުތައް ވެސް އެކި ސަރަހައްދުގައި ހުންނަ ކަމަށެވެ. އެފަދަ ތަކެއްޗަށް ގެއްލުންދޭ ވާހަކަ އަޑު ނީވޭ ކަމަށް އެމީހާ ބުންޏެވެ.
If this is true, should check cctvs to find who did thsi damage.. @PoliceMv should investigate. ...
— ibu jaleel 4MN #KKBK (@ibujalyl) October 30, 2018
But why & who would do this, when NO such vandalism on Stelco, Dhiraagu, Ooreedoo network parts...
އެހެން މީހަކު ބުނީ، މިއީ ކަންކަން ކުރުމަށް ފެއިލް ވުމުން ދައްކާ އުޒުރުތަކެއް ކަމަށެވެ. އެހެން މީހަކު ބުނީ، ރައްޔިތުންނަށް ދިމާވާ ދަތިތަކަށް މައާފަށް އެދުނު ނަމަވެސް ދަރިފުޅު ސްކޫލަށް ފެނުގައި ނުޖެހި ނުގެއްދެވުނު ކަމަށެވެ.
stormwater system maintenance akee contract usoolun MWSC ah dheefa onna masakkatheh. MWSC ah masakkath havaalu kohfa oth contract hama vegen MWSC ah faisaa nudheythaa ethah dhuvaheh. Ehenve MWSC in maintenance masakkath huttaalaafa onnanee. Muizzu ah vrh rangalhah mikan ingeyne.
— Thayyib #HinnafaruCity (@thayyib) October 30, 2018
އަމިއްލަ އިހުމާލުން ކަމެއް ގޯސްވާ ކޮންމެ ފަހަަކު އެކަމުން ރެކެން އެހެން މީހުންގެ ބޮލުގައި ކަންކަން އަޅުވަނީ ކަމަށް ސޯޝަލް މީޑިއާގައި ފާޑުކީ މީހަކު ބުނެފައި ވެއެވެ. އެހެން މީހަކު ވަނީ ތަކެއްޗަށް ގެއްލުން ވެފައިވާ ނަމަ އެކަން އެނގުނީ މިއަދުތޯ އެ ތަކެތި ބެލެހެއްޓުމަކީ ހައުސިން މިނިސްޓްރީގެ ޒިންމާއެއް ނޫންތޯ ސުވާލުކޮށްފައެވެ.
Well your sorry is not good enough to take my son to school without getting into the water! #WeAreNotaLorryToCarryaSorry
— Nazee (@Nazeeahmed) October 30, 2018
ސްޓޯމްވޯޓަރ ސިސްޓަމު މަސައްކަތް ކުރި އިރެއް ނުފެންނަ ކަމަށާއި ވާރޭ ކޮޅެއް ވެހިއްޖެ ނަމަ މާލެ އޮންނަނީ ފެންބޮޑިފައިވާ ކަމަށް އެހެން މީހަކު ބުންޏެވެ. އެހެން މީހަކު ބުނީ ހައުސިންގ މިނިސްޓަރުގެ މަގާމުގައި 2012 ވަނަ އަހަރުން ފެށިގެން ހުރި އިރު މިފަދަ ކަން ކަމަށް ހައްލު ހޯދާދިނުމަށް ފުރިހަމަ ވަގުތު ވެސް ލިބުނު ކަމަށެވެ.
If this allegation is accurate, please provide evidence which proves your statement.. otherwise this will be seen as another of your project which you falied to deliver..
— Nishar Ibrahim (@Nishar1173I) October 30, 2018
ހައުސިންގ މިނިސްޓަރު މުއިއްޒަށް ފާޑުކީ މީހަކު ވަނީ ޕަމްޕުތައް ބެލެހެއްޓުމުގެ މަސައްކަތްކޮށް، އެތަންތަން ހަލާކުވެފައިވާ ކަން އެނގުނީ ކޮން އިރަކުތޯ ސުވާލުކޮށްފައެވެ. އަދި ބައެއް މީހުން ބުނެފައި ވަނީ މިހާތަނަށް މިނިސްޓަރު މުއިއްޒުގެ ބެލުމުގެ ދަށުން ކޮށްފައިވާ ގިނަ ކަންކަން ދެ ވަނަ ފަހަރަށް ނުވަތަ އެތައް ފަހަރަކު އަލުން ކުރަންޖެހޭ ކަމަށެވެ. އެގޮތުން މަގުތަކުގައި ގާ ޖެހުމާއި ރަސްފަންދު ދުވާ ތަން ފަދަ މަސައްކަތްތައް އެއްބައި ނުނިމެނީސް އަނެއް ބައި ހަދަންޖެހުން އެ ފަރާތްތަކުން ފާހަގަކުރެއެވެ.
ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވާ އެހެން މީހަކު ބުނެފައި ވަނީ ސަރުކާރުގައި ބާކީ ދުވަސްކޮޅެއް އޮތުމުން ކޮންމެވެސް ބަހަނާއެއް ދައްކައި އެތަންތަން މަރާމާތުކުރުމަށް އަނެއްކާ ވެސް ލާރިކޮޅެއް ހަރަދުކުރެވޭނެ ގޮތެއް ބަލަނީ ކަމަށެވެ.
ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ އިރު މާލޭ މަގުތަކުން ފެން ހިންދުމުގެ ނިޒާމުގެ މަސައްކަތް ހަތަރު ފިޔަވައްސަށް ބަހާލައިގެން މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްފައިވެއެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކަށް 4 މިލިއަން ރުފިޔާ ޚަރަދު ކުރެވުނު އިރު ދެވަނަ ފިޔަވައްސަށް 13.7 މިލިއަން ރުފިޔާ ޚަރަދު ކުރެވުނެވެ.
މީގެ އިތުރުން ތިން ވަނަ ފިޔަވައްސަށް 5.4 މިލިއަން ރުފިޔާ އަދި ހަތަރު ވަނަ ފިޔަވައްސަށް 20.1 މިލިއަން ރުފިޔާ ހޭދަކުރެވުނެވެ. މުޅި ޖުމްލަ ފެން ހިންދުމުގެ ނިޒާމުގެ މަސައްކަތްތަކަށް 43.2 މިލިއަން ރުފިޔާ ވަނީ ޚަރަދު ކުރެވިފައެވެ. މި ނިޒާމުތައް ޑިޒައިންކޮށްފައި ވަނީ ފެން ބޮޑުވާތާ ގިނަވެގެން ތިން ގަޑިއިރުގެ ތެރޭގައި އެއްކޮށް ފެން ހިނދޭނެ ފަދަ ގޮތަކަށެވެ.