އަމިއްލައަށް އަރުވާލެވިގެން ހުރިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހަޔާތްޕުޅުން ހިތްވަރު ލިބުނުކަމަށް ރައީސް މައުމޫންގެ ކުރީގެ ޕާސަނަލް އެސިސްޓަންޓް އަހުމަދު ސޮފްވާން ބުނެފިއެވެ.
ސޮފްވާން އަކީ މަޖިލީހުގެ ރައީސްކަމުން އަބްދުﷲ މަސީހު ބޭރުކުރުމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން މަސައްކަތް ފެއްޓެވި ފަހުން، ފުލުހުން ހޯދަން މަސައްކަތްކުރި އެކެކެވެ. އޭނާ ހޯދުމަށް ފުލުހުން އެކި ފަހަރު މަސައްކަތް ކޮށްފައިވާއިރު، ސޮފްވާން، 38، ހޯދުމަށް ފުލުހުން ބައިނަލްއަޤްވާމީ ފުލުހުންގެ އިދާރާ އިންޓަރޕޯލްގައި ވެސް އެދުނެވެ. އެހެން ނަމަވެސް ފިލައިގެން އުޅޭ މީހުން ހޯދުމަށް އިންޓަރޕޯލްއިން ނެރޭ ރެޑް ނޯޓިސް ނެރެދީފައެއް ނުވެއެވެ.
ފާރިސްގެ މައްޗަށް ކުރެވުނު ރިޝްވަތުގެ ތުހުމަތުތަކުގައި ސޮފްވާންގެ މައްޗަށް ވެސް ތުހުމަތުތަކެއް ކުރެވުނެވެ. އެހެން ނަމަވެސް ފުލުހުން އޭނާ ހައްޔަރުކުރުމުގެ ކުރިން ސޮފްވާން ވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ. އަދި އޭގެ ފަހުން އޭނާ ވީ ތަނެއް ފުލުހުންނަށް ހޯދިފައެއް ނުވެއެވެ.
Delighted to meet the former President @MohamedNasheed . I drew so much inspiration from his life during the dark days of my long exile.
— Ahmed Sofwan (@asofwan2003) October 29, 2018
Thank you.@KerafaNaseem @MaalimeeIbbe pic.twitter.com/wxk5Gt5bx2
ރައީސް ނަޝީދުގެ ހަޔާތްޕުޅުން ހިތްވަރު ލިބުނު ކަމަށް ސޮފްވާން ބުނެފައިވަނީ ސްރީލަންކާގެ ކޮޅުނބުގައި ރައީސް ނަޝީދާއި ބައްދަލުކުރުމަށް ފަހު ކޮށްފައިވާ ޓްވީޓެއްގައެވެ.