އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރުން 17 އަށް ލަސްކުރުމުން ދީނީ ޢިލްމު ވެރިޔާ އައްޝައިޚް ޢަލީ ޒައިދު ތައުރީފް ކުރައްވައިފިއެވެ.
ޝައިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނޮވެމްބަރ 17 އަށް ލަސްކުރަން ނިމިގެން ދިއުމަކީ ހަޤީގަތުގައިވެސް ކުރިއަށް އެޅުނު ހެޔޮ ފިޔަވަޅެއް ކަމަށެވެ.
ޒައިދު ވިދާޅުވީ ރަނގަޅު ނިންމުމެއް ނިންމޭނީ ދޫދޭން ޖެހޭތާ ދޫވެސް ދީގެން ކަމަށެވެ. އަދި މިއީ ބުއްދިވެރިކަން ފެނިގެންދާ ހިކުމަތްތެރި ނިންމުމެއް ކަމަށެވެ.
ޝައިޚް ޒައިދު ވަނީ އެ ނިންމުމަށް މަރުހަބާވެސް ދަންނަވާފައެވެ.
17 Nov ah laskuran nimigen dhiyumakee hageegathugai ves kuriyah elhunu heyo fiyavalheh! rangalhu nimmumeh nimmeynee dhoo dheyn jeheythaa dhooves dheegen! konme akas mi e buhdhiverikan fenigen dhaa hikumaitheri nimmumeh! v Marhabaa.
— Ali Zaid (@alizaid1000) October 28, 2018
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމު ހުވާ ކުރެއްވުމަށްޓަކާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނޮވެމްބަރު 17ގައި ބާއްވަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސްކުރީ އެކަމަށްޓަކައި ނަގައި މަޖިލީހުން ނެގި 7 މެމްބަރުންގެ ކޮމެޓީން ނިންމި ނިންމުން މަޖިލީހުން ފާސްކޮށްގެންނެވެ.
އޭގެ ކުރިން އިންތިޚާބީ ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ހުވާ ކުރެއްވީ ޤާނޫނާ ޚިލާފަށޭ ބުނާކަށް ބޭނުން ނުވާ ކަމަށެވެ. ކޮމެތީން އެގޮތައް ނިންމެވީ ބަހުސް މަރުހަލާގައި ސޯލިހް އެހެން ވިދާޅުވި ފަހުންނެވެ.