ޕީޕީއެމްގެ ހަތް ވަނަ އަހަރީ ދުވަހު، އެ ޕާޓީއަށް އަށް އަހަރު ފުރިފައިވާ ކަމަށް ވިދާޅުވެ، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ "މޮޅު ހިސާބެއް" ޖައްސަވައިފިއެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ރަޖިސްޓްރީ ކޮށްފައި ވަނީ 27 އޮކްޓޯބަރު 2011ގައެވެ. ހޮނިހިރު ދުވަހު ފާހަގަ ކުރަމުންދާ އެ ޕާޓީގެ ހަތް ވަނަ އަހަރީ ދުވަހާ ދިމާކޮށް، ޕީޕީއެމްގެ އާންމު މެމްބަރުންނާއި ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ދުވަހުގެ މުސާނަބަތުގައި ޓްވީޓު ކުރައްވަމުން ގެންދަވަނިކޮށް އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީން ފާހަގަ ކުރަމުންދަނީ އަށް ވަނަ އަހަރީ ދުވަސް ކަމަށެވެ.
PPM ge 8 vana aharee dhuvahuge munaasabathugai PPM ge Raees,Dhivehi Raajjey ge Izzaiytheri Raeesul Jumhooriyyaa Abdulla Yameen Abdul Gayyoom aai Party ge Lobuvethi enmehai membarun nah heyo edhumaai thahuniyaa aris kuran. pic.twitter.com/ccl6r8tq1F
— Abdul Raheem Abdulla (@Banafsaa) October 27, 2018
ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރެއްވި އަބްދުއްރަހީމްގެ ޓްވީޓާ ގުޅިގެން އޭނާއަށް ފާޑުކިޔުން އަމާޒު ކުރަމުންދާތީ، ރައްދުގައި އޭނާ ވަނީ އިތުރު ޓްވީޓެއް ކުރައްވާފައެވެ. އަބްދުއްރަހީމް ރައްދުގައި ކުރެއްވި ޓްވީޓުގައި އޭނާ ޖައްސަވާފައިވާ ހިސާބުން ދައްކަނީ ޕީޕީއެމް އަށް އަހަރު ފުރިފައިވާ ކަމަށެވެ. އަބްދުއްރަހީމްގެ އެ ޓްވީޓުގައި ބުނެފައިވާ ގޮތުން، އެ ޕާޓީއަށް އަށް އަހަރު ފުރިފައި ވަނީ ޕާޓީ ރަޖިސްޓްރީކުރި ދުވަހަކީ އެ ޕާޓީއަށް އެއް އަހަރު ފުރުނު ދުވަސްގެ ގޮތުގައި ބެލުމުންނެވެ.
1- 27 October 2011
— Abdul Raheem Abdulla (@Banafsaa) October 27, 2018
2- 27 October 2012
3- 27 October 2013
4- 27 October 2014
5- 27 October 2015
6- 27 October 2016
7- 27 October 2017
8- 27 October 2018
އަބްދުއްރަހީމް ޖެއްސެވި އެ ހިސާބާ ގޯސް ކަމަށް ބުނެ، ޕީޕީއެމަށް ހަތް އަހަރު ފުރުނު ގޮތް ބައެއް މީހުން އޭނާ އަށް ދަނީ ކިޔައިދެމުންނެވެ. އަބްދުއްރަހީމަށް އެކަން ކިޔައިދެއްވަމުން ގާނޫނީ ވަކީލު މޫސާ ސިރާޖު ޓްވިޓާގައި ވިދާޅުވެފައި ވަނީ ޕީޕީއެމަށް އެއް އަހަރު ވާނީ ޕީޕީއެމް ރަޖިސްޓްރީ ކުރި ދުވަހު ނޫން ކަމަށާއި އެ ޕާޓީއަށް އެއް އަހަރު ވާނީ ރަޖިސްޓްރީ ކުރި ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ އެ ތާރީހުގައި ކަމަށެވެ.
27 October 2011 in 27 October 2012 ah vaane 1 aharu.
— Moosa Siraj (@MoosesSiraj) October 27, 2018
Registry kura kuraa dhuvahu (27 October 2011) ah vaane 1 dhuvas. 1 ahareh nun. ? https://t.co/0QX0DLflII
ޕީޕީއެމަށް އަށް އަހަރު ފުރިފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއިރު، ރިޔާސީ އިންތިހާބުގެ ޕީޕީއެމަށް ލިބޭނެ ވޯޓާ ގުޅޭ ގޮތުން ކެމްޕެއިންގައި އޭނާ ވަނީ އާދަޔާ ހިލާފު ވާހަކަފުޅެއް ދައްކަވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ 50 ހަތަރު ފަހަރަށް ގުނަ ކުރުމުން، އަންނާނީ ދެ ލައްކަ ކަމަށެވެ. އެ ވާހަކަފުޅާ ގުޅިގެން އަބްދުއްރަހީމަށް ވަރަށް ގިނަ ބަޔަކު ފާޑުކިޔުން އަމާޒު ކުރެއްވިއެވެ.
ޕީޕީއެމްގެ ހަތް އަހަރު ފުރިފައިވާ ކަމަށް ވިދާޅުވެ، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވެސް ވަނީ ޓްވީޓް ކުރައްވާފައެވެ.
On the 7th anniversary of PPM which falls today, I, as its sole lawfully elected President, wish its entire membership a happy anniversary and a prosperous future.
— Maumoon Abdul Gayoom (@maumoonagayoom) October 27, 2018
Happy 7th anniversary to Party Leadership, Council Members, Hon MP’s, beloved general members & Supporters of Progressive Party Of Maldives PPM. #Maldives #Politics pic.twitter.com/kHN6aoU3eq
— Ahmed Nihan (@ahmed_nihan) October 26, 2018
އެ ޕާޓީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ބައެއް މީހުން ގެންދަނީ ރައީސް މައުމޫނަށާއި ރައީސް އަބްދުﷲ ޔާމީނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަމުންނެވެ.
އަހަރީ ދުވަހުގެ ޓްވީޓްގައި ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނަކީ ޕާޓީގެ ރައީސް ކަމަށެވެ. ނަމަވެސް ބައެއް މީހުން ބުނަމުންދަނީ އެ ޕާޓީގެ ރައީސަކީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެ ޕާޓީން އެންމެ ފަހުން ބޭއްވި ކޮންގްރެސް ބަލައިނުގަންނާނެ ކަމަށާއި އެހެންކަމުން އެ ކޮންގްރެސްއިން ކަނޑައެޅި ލީޑާޝިޕް އެ ކޮމިޝަނުން ބަލައިނުގަންނާނެ ކަމަށެވެ.