އިލެކްޝަންސް ކަމިޝަންގެ ބައެއް މެމްބަރުންގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުމަށް ޕީޕީއެމްގެ ޑީ ފެކްޝަނަށް ނިސްބަތްވާ ބަޔަކު މަސައްކަތް ކުރަމުންދާކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އަމީތު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އީސީގެ ބައެއް މެމްބަރުންގެ ބޮލުގައި ދޮގު އިލްޒާމްތަކެއް އަޅުވައިގެން ތެދު ނޫން ބަޔާންތަކެއްގެ މައްޗަށް އުފަން ކޮށްގެން އުޅޭ މައްސަލައެއް ޑީ ފެކްޝަންގެ ބަޔަކު ލައްވާ ފުލުހުންނަށް ހުށައަޅައިގެން މި ކުރާ މަސައްކަތަކީ ބައެއްގެ އަބުރު ކަތިލުން ކަމަށެވެ. އަދި އިންތިޚާބުން ބަލިވިޔަސް އެއީ ބޮޑުވަރު ކަމަށް އަމީތު ވިދާޅުވިއެވެ.
.@ElectionsMv ge ba'eh memberunge boluga dhogu ilzaam thakeh alhuvaigen, thedhu noon bayaan thakehge machchah ufan kohgen ulhey massala eh #Dfaction ge bayaku lavvaa @PoliceMv ah hushalhaigen mi kuraa masakkathakee ba'ehge aburu kathilun. Election in baliviyas boduvaru!
— Mohamed Ameeth (@MohamedAmeeth) October 26, 2018
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅާނެ ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.
ރިޔާސީ އިންތިހާބު އޮޅުވާލާފައިވާކަމަށް ބުނެ އެއްކޮށް ބާތިލް ކޮށްދިނުމަށް އެދި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ވެސް ހުށައެޅިއެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ވަނީ، އިންތިޚާބު ބާތިލް ކުރެވެން ނެތް ކަމަށް ހުކުމްކޮށްފައެވެ.