އިންސާފު ހޯދަން މަސައްކަތްކުރި ރައްޔިތުން އަލުން މަގުމަތި ނުވާނެ ފޯމިއުލާއެއް ކޯލިޝަން ތެރެއިން ހޯދަން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިންމަން ޕާޓީ ތަކުން ވަނީ އެއްބަސްވުންތަކެއް ވެފައި ކަމަށެވެ. އަދި އެއަށް އިހުތިރާމް ކުރުމަކީ ބަދަހިކޮށް މިއޮތް 5 އަހަރު ކުރިޔަށް ގެންދިއުމަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ އިންސާފު ހޯދަން އެތައް އަހަރުތަކެއް ވަންދެން ރައްޔިތުން މަސައްކަތް ކުރިކަމަށާއި، ރައްޔިތުން އަލުން މަގުމަތި ނުވާނެ ހުރިހާ ފޯމިއުލާއެއް ކޯލިޝަން ތެރެއިން ހޯދަން ޖެހޭ ކަމަށެވެ.
YAG ge aniyaaverikan ninman party thakun vanee ehbasvunthakeh vefa.Eyah ikhthiraam kurumakee badhahikoh mi 5 aharu kuriah gendhiumah muhimmu kameh.
— Ahmed Mahloof (@AhmedMahloof) October 25, 2018
Insaaf hoadhan ethah aharuthakeh masahkaiy kuri rayyithun alun magumathi nuvaane hurihaa formula eh coalition thereyn hoadhanjehey.
މަހުލޫފު މިހެން ވިދާޅުވެފައިވާއިރު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޯލިޝަން ދެމެހެއްޓުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.