ކ. މާލެ
|
18 އޮކްޓޯބަރ 2018 | ބުރާސްފަތި 22:07
19 އަހަރުން ދަށުގެ އަންހެން ފުޓުބޯޅަ ޓީމު
19 އަހަރުން ދަށުގެ އަންހެން ފުޓުބޯޅަ ޓީމު
އެފްއޭއެމް
ޒުވާން އަންހެން ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޒުވާން އަންހެން ފުޓުބޯޅަ ޓީމު ކިރިގިސްތާނަށް ފުރައިފި
ރާއްޖެ ފުރީ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތަށް

ރާއްޖޭގެ 19 އަހަރުން ދަށުގެ އަންހެން ފުޓުބޯޅަ ޓީމު އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގައި ބައިވެރިވުމަށް ކިރިގިސްތާނަށް ފުރައިފިއެވެ.

ހަތަރު ގްރޫޕް ހިމެނޭ މި މުބާރާތުގައި ރާއްޖެ ލައްވާލާފައި ވަނީ ކިރިގިސްތާނާއި އުޒްބަކިސްތާނާއި ޔުނައިޓެޑް އަރަބް އެމިރެޓްސް އަދި ގުއާމްއާ އެކު ގްރޫޕް ސީގައެވެ. ރާއްޖެ ގްރޫޕް ފިޔަވާ އެހެން ހުރިހާ ގްރޫޕެއްގައި ވެސް ހަތަރު ޓީމު އޮތްއިރު، ރާއްޖެ ގްރޫޕްގައި ފަސް ޓީމް އެބަ އޮތެވެ.

މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރާނީ އެންމެ ގިނައިން ގްރޫޕުން ޕޮއިންޓް ހޯދާ އެއް ޓީމަށެވެ. އަދި ހަތަރު ގްރޫޕަށް ބެލުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެވަނަ ޓީމަށް ވެސް ދެބަނަ ބުރުން ޖާގަ ލިބެއެވެ. 

މުބާރާތުގައި ރާއްޖެއިން މި މަހުގެ 20 ވަނަ ދުވަހު ގުއަމްއާ ދެކޮޅަށް ނިކުންނައިރު، ދެވަނަ މެޗުގައި 22 ވަނަ ދުވަހު ނިކުންނާނީ ޔުނައިޓެޑް އަރަބް އެމިރެޓްސްއާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި 24 ވަނަ ދުވަހު އުޒްބަކިސްތާނާ ދެކޮޅަށް ނިކުންނައިރު، ހަތަރުވަނަ މެޗުގައި ނިކުންނާނީ 26 ވަނަ ދުވަހު ކިރިގިސްތާނާ ދެކޮޅަށެވެ.

މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ކުޅޭނީ ކިރިގިސްތާނުގެ ޑޮލެން އޮމުރުޒަކޮވް ސްޓޭޑިއަމްގައެވެ. ގްރޫޕް އޭގެ މެޗުތައް ލުބުނާނުގެ ޖުނެއިއާ މުނިސިޕަލް ސްޓޭޑިއަމްގައި ކުޅޭ އިރު ގްރޫޕް ބީގެ މެޗުތައް ކުޅޭނީ ތައިލެންޑުގެ ޗޮންބުރީ ސްޓޭޑިއަމްގަ އެވެ. ގްރޫޕް ޑީގެ މެޗުތައް ތަޖިކިސްތާނުގެ ރިޕަބްލިކަން ސެންޓްރަލް ސްޓޭޑިއަމްގައި ކުޅޭ އިރު އީގެ މެޗުތައް ކުޅޭނީ ވިއެޓްނާމްގަ އެވެ. ގްރޫޕް އެފްގެ މެޗުތައް ކުޅޭނީ މިޔަންމާގެ ތުވުއްނާ ސްޓޭޑިއަމްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް